Support Us

އައިޝްވާރިއާ ރާއީ ބައްޗަން އާއި ދަރިފުޅު އަރާދިޔާ

އައިޝްވާާރިޔާ އާއި ދަރިފުޅު އަރާދިޔާ ކޮވިޑުން ސަލާމަތްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ ބަޗަން އާއި ދަރިފުޅު އަރާދިޔާ ކޮވިޑްްް އަށް ޕޮޒިޓިވްވުމާ ގުޅިގެން މުމްބާއީީގެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހުު ރަނގަޅުވެގެން ގެއަށް ދޫކޮށްލައިފި އެވެ.

އަބީޝޭކް ބަޗަން އޭނާގެ ޓުވިއާ އެކައުންޓްގައި ބުނެފައި ވަނީ އައިޝްވާރިއާ އާއި އަށް އަހަރުގެ އަރާދިޔާ ކޮވިޑް19 އަށް ނެގެޓިވްވެފަައިވާ ކަަމަށާއި އެ ދެމައިން މިއަދު ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގޮސްފައިވާ ކަަމަށެވެ.


"އައިޝްވާރިއާ އާއި އަރާދިޔާ ކޮވިޑް އަށް ޓެސްޓްކުރުމުން ނެގެޓީވް ވުމާ ގުޅިގެން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި، އެމީހުން މިހާރު ވަނީ ގެއަށް ގޮސްފައި،" އަބީޝޭކް ބުންޏެެވެ.

ނަމަވެސް އަބީޝޭކް އާއި އޭނާގެ ބައްްޕަ އަމީތާބްް ބައްޗަން އަށް އަދިވެސް ގެންދަނީ މުމްބާއީގެ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންނެވެ.

އައިޝްވާރިޔާ އާއި އޭނާގެ ދަރިިފުޅު ދޫކޮށްލާފައި މިވަނީ ކޮވިޑަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަތާ 10 ދުވަސް ފަހުންނެވެ.

ކޮވިޑް19 އަށް އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ހައިޕްރޮފައިލް ބަޔަކީ ބަޗަން އައިލާ އެވެ. އާބާދީގައި 1.3 ބިިލިއަަން މީހުން ހިމެނޭ އިންޑިޔާގައި މިހާތަނަށް 1.4 މިލިއަަން މީހުންނަށް މިބަލި ވަނީ ޖެހިފަ އެވެ. ކޮވިޑް ޖެހިގެން އިންޑިއާގައި މިހާތަަނަށް 33 ހާސް މީހުން މަރުވެފަައިވާ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *