شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآن
ވަހުމުތައް ނެތިކޮށް ސާބިތުކޮށްދޭހެން ބުރުހާން
ކިލަނބުކަން ހިތުގައި އުފެދުނު ފިލުވައި ތާހިރުކޮށް
މިލަތަކުން ނަފުސުގެ ޠާހިރުކޮށް ގެންނެ "އަމާން"
ކުނިތަކުން ނަފުސަށް ގެންނަ ނުބައި ހުރިހާ
ދުނިޔެވީ އެދުމުން ދުރުހެލިކޮށް ވާފަދައިން ޤުރުބާން
އެންމެ ރެޔަކުން "أَلْفِ شَهْرٍ" ޙާޞިލުވާފަދަ ގޮތަކަށް
އެންމެހާ ޞާއިމުނަށް ހުޅުވޭހެން "ރައްޔާން"
ޖަންނަތުގެ ދޮރުތައް ހުރިހާ މުސްލިމުނަށް ހުޅުވައި
ވަންނަ ދޮރުތައް "ނާރު"ގެ ލެއްޕި ދަނީ ("އަލިފާން")
އެންމެހާ މުސްލިމުނަށް "ވެށި"ވެ އަމާން ރަޙުމަތުގައި
އެންމެ ވަރުގަދަޔަށް ކަސްތޮޅު އެޅުވޭހެން "ޝައިޠާން"
ފުރުޞަތޭ ލިބި މި އޮތީ މުސްލިމުނަށް ހެޔޮ ގޮތުގައި
ދުރުނުކޮށް ހެޔޮ ޢަމަލުން ބަރުކުރަމާހޭ "މީޒާން"
