އަވަށްޓެރި ސްރީލަންކާގެ ދަރަނި އިންތިހާއަށް މަތިވެ، އިޤްތިޞާދު އިނދަޖެހި، ޤައުމު ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
ބޭހާއި ކާބޯތަކެއްޗާއި ގޭހާއި ތެލާ ނުލިބި ރައްޔިތުން އަސާސީ ޚިދުމަތްތަކަށް ޖެހިއްޖެއެވެ. މި ހާލަތަށް ސްރީލަންކާ ވެއްޓުނީ ކީއްވެ ހެއްޔެވެ؟
- ސްރީލަންކާއަކީ 21 މިލިއަން މީހުންގެ އާބާދީ އޮންނަ ޤައުމެއް. މިއީ އެ ޤައުމު މިނިވަން ވީންސުރެ އިޤްތިޞާދީ ގޮތުން މި ދަރަށް ވެއްޓުނު ފުރަތަމަ ފަހަރު.
- ސްރީލަންކާގެ އިޤްތިޞާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް. ސައިފަތާއި ދަނޑުވެރިކަމުގެ ސިނާޢަތުން އިޤްތިޞާދަށް ލިބެނީ ނިސްބަތުން ކުޑަ އާމުދަނީއެއް. ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން 2019 ވަނަ އަހަރު މަނާކުރުމުން އެ ސިނާޢަތުން ލިބެމުންދިޔަ ނަފާ ދެބައިކުޅަ އެއްބަޔަށް ދަށަށް ދިޔަ.
- ޤައުމު ބިނާކުރުމާއި ޢުމްރާނީ ތަރައްޤީގެ ބޮޑެތި ހުރިހާ މަޝްރޫޢެއް ހިންގަނީ ބޭރު ޤައުމުތަކުންދޭ ލޯނުގެ އެހީގައި.
- އަސާސީ ޚިދުމަތްތަކަށް ބުރޫ އަރައިގެން އުޅެނީ ބޭނުންވާ ވަރަށް ބޭރު ފައިސާ ނުލިބިގެން. މިހެން ދިމާވީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ޤައުމު ބަންދުކުރުމުން.
- ސްރީލަންކާ އިޤްތިޞާދީ ފުން ވަޅުގަނޑަށް ވެއްޓިގެން މިއުޅެނީ ޗައިނާގެ "ދަރަނި ދަންތުރަ"އިގައި ޖެހިގެން ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވޭ.
- ސްރީލަންކާގެ ދަރަނީގެ ހަބައިކުޅަ އެއްބަޔަކީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނި. އެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް އެދުނު ނަމަވެސް ޗައިނާއިން މިހާތަނަށް ލުއެއް ދީފައެއްނުވޭ.
- ސްރީލަންކާގެ ރައްޔިތުން ގަބޫލުކުރަނީ މި ހާލަތަށް ޤައުމު ވެއްޓިގެން ދިޔައީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް.
May Allah save Sri Lanka! Ameen! pic.twitter.com/nDfvdGfX1r
— Intey2020 (@intey2020) April 5, 2022
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment