Support Us

އީމާންތެރިކަމެއް ނެތުމުން

ނުދާންވާ އަމާޒަށް ދަނީ ފުރަ-ފުރައިގެން
ޒުވާންކަމުގެ ޖޯޝުން ދެލޯ މަރަ-މަރައިގެން

ދެކޮޅު ހަމަނުވާ ތިލަފަތުން ކިރަ-ކިރައިގެން
ދެކޮޅުނުޖެހި އެއުރެން ތިބޭ ދަރަ-ދަރައިގެން

ކަނޑުން މާވަހަރު ހުދު ހިތަށް އަރަ-އަރައިގެން
އުޑަށް އަތް ލެވޭތޯ އުޅޭ ކޮރަ-ކޮރައިގެން

ޝަރާބުގެ ތަށިން ގަހުވަތައް ގިރަ-ގިރައިގެން
އަރާމުގެ މަސަންދަށް ދެޔޭ އުރަ-އުރައިގެން

އަތުން ފޭހި އިލޮށިން ލޮލަށް ހަރަ-ހަރައިގެން
ކަތުންނޭ ހިނގައްޖޭ އަބުރު އިރަ-އިރައިގެން

ޙަޤީޤަތްވެ ކަންފަތި ނިޔަތް ފިރަ-ފިރައިގެން
ޢަޤީދާވެ ފުނޑުފުނޑު ދަނީ ބުރަ-ބުރައިގެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *