Support Us

ރަޙުމަތާއި ބަރަކާތް އޮހޭ މޫސުން

ރަޙުމަތާ ބަރަކާތް އޮހޭ މޫސުން މިއަދު ކުރިމަތި ވަނީ
އަހުލުނަށް ފުރުޞަތުތަކެއް މުޅި އުންމަތަށް އަދު ފަހިވަނީ
ވަހުމުތައް ދޫކޮށް ސިރާޠުލްމުސްތަޤީމަށް ދާން ވަނީ

ހެޔޮ ޢަމަލުތައް ގިނަކުރުން، އޭ އޮތް ތިމާއަށް ފުރުޞަތެއް
ހެޔޮކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
ހެޔޮ ބަހެއް ނޫނީ ނުބުނެ ހުރުމޭ އަބަދު ލާޒިމުވަނީ

ފަސް ވަގުތު ހަމަޔަށް އަދާކޮށް މުޅި ދުވާލުގެ ވަގުތުގައި
ގަސްތުގައި ނިޔަތާ އެކީގައި ރޯދައަށް ހުރެ އެ ގޮތުގައި
މަޞްލަޙަތު އިސްކޮށް މި މައްސަރު ހޭދަކުރުމޭ އޮންނަނީ

ރަޙުމަތު ފުރަތަމަ ދިހައިގައި ލިބުނު އަޖުރާ ހެޔޮ ޘަވާބު
އަޚުތަކުންނަށް ބަސްތަކުން ހެޔޮ ވިސްނުމަށް ގެނުވައި ޖަވާބު
"ފަހު ދުވަސް" އަންނާނެކަން ދަނެގެން މި ކަން ބޭނުންވަނީ

ރުއްސެވުން ވޭ މެދު ދިހައިގައި ރޯދަވެރިޔާއަށްޓަކައި
ފުއްސެވުން ދީލަތި އިލާހީ ދެއްވަޔޭ އަބަދަށް ޓަކައި
ހުސްވުމެއް، ޙައްދެއް ނުވާ ފަދަ މިންވަރަށް ދެއްވުން ވަނީ

ފަހު ދިހައިގައި އޮންނަނީ މަޣުފިރަތު އެދިގެން ދެންނެވުން
ފަހުދުވަހު ބުރަވާނެހެން ތިލަފަތް “ކުނީން” ޠާހިރުވެލުން
ރަޙުމަތޭ މުޅި ރޯދަމަހު މި ގޮތަށް އުޅޭ ނަމަ ދެއްވަނީ

މަރު ހަނދާންކޮށް ދެއްވަވައިތޯ ފާފަތައްވެސް ފުއްސަވައި
ހަރުދަނާ އީމާންކަމާއެކު މާތް އިލާހަށް ދަންނަވައި
ދަރުމައަށް އެދި ދިންނެވުން އެދި، އަތްތަކޭ އުފުލުން ވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *