Support Us

"ފަހުން" ދޯ؟

– ފަހުން ވާހަކަ ދައްކާލާނަން!

– ފަހުން ގުޅާލާނަން!

– ފަހުން ބައްދަލު ކޮށްލާނަން!

– ފަހުން ގޮވައިގެން ހިނގާލަން ދާނަން!

– ފަހުން އެ ވާހަކަ ކިޔައިދޭނަން!

މިހާރު އަހަރެމެންނަށް ހުރިހާ ކަމެއް ވެސް ބެހެއްޓެނީ ފަހަށެވެ. އެކަމަކު 'ފަސް' އެއީ އަހަރެމެންނާ އެކީގައި ވާ ވަގުތެއް ނޫން ކަމެއް އަހަރެމެން ހަނދާނެއް ނުހުރެއެވެ.

ފަހުން – އަހަރެމެން ލޯބިވާ ފަރާތްތައް އަހަރެމެންނާ އެކީގައި ނުވާނެއެވެ.

ފަހުން – އަހަރެމެން ކިތަންމެ ބަލަން ބޭނުންވިޔަސް، އެމީހުންގެ ސޫރަ އަހަރެމެންނަށް ފެންނާކަށެއް ނުހުންނާނެއެވެ.

ފަހުން – އަހަރެމެން އަޑު އަހަން ބޭނުންވިޔަސް އެމީހުންގެ އަޑެއް ނީވޭނެއެވެ.

ފަހުން – އެމީހުން ވާނީ ހަމައެކަނި އަހަރެމެންގެ ހަނދާން ތަކަކަށެވެ.

ފަހުން – ދުވާލުގެ އަލިކަން ފަނޑުވެ ރޭގަނޑުގެ ކަނު އަނދިރި ކަމަށް ބަދަލުވެއެވެ.

ފަހުން – އަހަރެމެންގެ އާރާއި ބާރު ނެތި ހިނގައިދެއެވެ.

ފަހުން – އަހަރެމެންގެ ހިނިތުންވުން މިލައި މޯޅިވެދެއެވެ.

ފަހުން – ހަށިގަނޑާއި ފުރާނަ ވަކިވެ ފަސްގަނޑު ދަށުވެދެއެވެ.

"ފަހުން" – މާ "ފަސް" ވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ.

(ތަރުޖަމާއެއް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *