ވެހޭ ވާރޭގެ ފެނުގެ ތެރެއިން،
އޮހޭ ކޯރާއި މޫދުތެރެއިން،
ޖެހޭ ރޯޅީގެ ރާގުތެރެއިން،
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ.
ފޮޅޭތަން ފެންނަ މާމަލުގައި،
ފޮޅޭ ހިނދު އޭގެ ކަރުގަނޑުގައި،
ތެދޭ ހިނިތުންވެފައި ހުއްޓާ،
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ.
މެރޭހިނދު ލޯ ވެގެން ވަރުބަލި،
ނުވާ އެއްވެސް ތަނެއްގައި އަލި،
އެވާ އެއްވެސް ގޮތެއް ނުމެ އެނގި،
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ.
އިވޭހާ ޅެންތަކާ ރާގުން،
ކިޔާހައި ބަންޖަކާ ފަރިހިން،
ނަޔާފަރި ކޮންމެ މަންޒަރަކުން،
ތިބާގެ ފޮޓޯ މަށަށް ފެނެޔޭ