ނިއުޅެމުން ސާދާ ކަމާއެކު ދާ ޙަޔާތެއް ފަހަތުގައި
ވިއުގައެއްވޭ ފެތުރިލާ ތިބެގެން ޙަމަލަދޭން ނިވަލުގައި
އެއިތެރޭ އަހުލުންތަކެއް ވޭ ނޭނގި ބެއްޔަސް މޫނަކަށް
ހެއިއަރާ އިރު ހިތް، މެޔަށް ޚަންޖަރު ހަރަން ތައްޔާރުގައި
ރަތުރަނުން ގިރިޓީވެލައި ދައްކާލަމުން އޮފުދާރުކަން
ހަތުރުކަން ފޮރުވައި ހަދާނެތެ މޫނު އަލިކޮށް މަގަތުގައި
މަތިވެފައި މުހުތާދުވާނަމަ، ދަލުޖެހެން އެކު އޮއިވަރާ
ކަތިވެލައި މަސްތައް މެހޭހެން ވާނެޔޭ ގިނަ ގާތުގައި
ބޭނުމެއް ފުދުމުން ޒަހަރުލައި ގާތްކަމާ އެކުވެރިކަމަށް
ވޭ ނުބައި ގާބީލަކަށް ފިތުނައިގެ ވިހަ ހައިޖާނުގައި
އޭގެ ފަހަކުން ނާހަޔޭ ކިޔަނީ ތަށަށް މަރިޔަނބުހެ، ވެސް
ލޭގެ ކުލުނާ އަޚްކަމާ ވިރިގެން ދެޔޭ ގަދަ ހޫނުގައި
ގޯޅިއަޅުވަން ގޮތްގޮތަށް ސިއްރުން އެހާ ޖާސޫސުކޮށް
މޯޅިކަން ދައްކާނެ މިތުރާ ދެރަވުމުން ދިލަ އަސަރުގައި
ދުނިޔެ ދައްކާ ޢިބުރަތުން ދަސްކޮށް އެއިން ކުރިމަގު ބަލަން
މުނިއަވަސް ފިލުވަން ނުތިބެ ވެލަމާ ސަލާމަތް ނިޔަތުގައި