...

Support Us

އެޑްވަޓޯރިއަލް: މަނިކުސޭޓުގެ "އީ.އެން.ޕީ" އަނެއްކާވެސް "ސެންޓާއި ގަޑީގެ ސުވަރުގެ"އަކަށް

"ސެންޓާއި ގަޑީގެ ސުވަރުގޭ"ގެ ގޮތުގައި މީގެ ކުރިންވެސް ވިދާލައިފައިވާ "އީ.އެން.ޕީ" ފިހާރަ އަނެއްކާވެސް އެ ވިޔަފާރިއަށް ހާއްސަވެއްޖެއެވެ.

އީ.އެން.ޕީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު) މީގެ 23 އަހަރު ކުރިން، 1999 ގައި، ޗާންދަނީމަގުގައި ހުޅުވި ފިހާރައެކެވެ. އޭރު އެ ފިހާރަ ހާއްސަކޮށްފައި ވަނީ ސެންޓާއި ގަޑިއަށެވެ. ނަމަވެސް އޭގެ ފަހުން އެހެން ވިޔަފާރިތަކުގެ ތެރެއަށް ވެސް ވަނުމުގެ ސަބަބުން ސެންޓާއި ގަޑިއަށް ވަކި ހާއްސަކަމެއް އޮތީ ނުދެވިފައެވެ.

"މިހާރު އަނެއްކާވެސް އަޅުގަނޑުމެން މި ދީލާލީ ސެންޓަށް. ސެންޓަކީ ޑިއުޓީ ފްރީ އައިޓަމެއް. އެހެންވެ ކުޑަ ފައިދާއެއް ލާފައި ވަރަށް އަގުހެޔޮކޮށް ސެންޓު މި ވިއްކަނީ. ހުސް އޮރިޖިނަލް، ބްރޭންޑެޑް ޕާފިއުމް މި ފިހާރައިގައި މި ހިރީ. ރާއްޖޭގައި އެންމެ އަގުހެޔޮކޮށް އޮރިޖިނަލް، ބްރޭންޑެޑް ޕާފިއުމް ލިބޭނީ މިތަނުންކަން ޔަގީން،" މަނިކުސޭޓު ބުންޏެވެ.

ސެންޓުގެ އިތުރުން ގަޑިއާއި އަވިއައިނާއި ފޯނުވެސް އީ.އެން.ޕީގައި ވަރަށް އަގުހެޔޮކޮށްފައިވާ ކަމަށް މަނިކުސޭޓު ބުނެއެވެ.

"މޯބައިލް ފޯނުގެ ވިޔަފާރިތެރެއަށް އީ.އެން.ޕީ މިހާރު މި ވަންނަނީ. ނޯމަލް ރޭންޖުގެ ފޯނު އެންމެ އަގުހެޔޮކޮށް ހުންނާނީ މި ތަނުގައި. މިތާ ހުންނާނީ ހުސް އޮރިޖިނަލް އެއްޗެތި. އޮރިޖިނަލް ނޫން އެއްޗެއް މިތަނަކަށް ނުވައްދާނެ. އިމްޕޮސިބަލް ކަމެއް އެއީ. ދެހާހާއި ފަސް ހާސް ރުފިޔާއާ ދެމެދުގެ އަގެއްގައި އޮރިޖިނަލް ސަމްސަންގު ފޯނު މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ. "އަނެއްކާ އީ.އެން.ޕީ އުފެދުނީއްސުރެ މި ތަނަކީ ސަންގްލާސް އަށް އެންމެ ވަރުގަދަތަން. ހުރިހާ ވައްތަރެއްގެ ސަން ގްލާސް މިތަނުން ލިބޭނެ."

މަނިކު ސޭޓު ބުނީ އީ.އެން.ޕީގެ 23 އަހަރުގެ ވިޔަފާރީގައި، ވިއްކި އެއްވެސް އަތުކުރީ ގަޑިއަކަށް ފެން އެޅިގެން އަތުވެއްޖެ ނަމަ، އެ ގަޑި ބާއްވައިފައި ވަގުތުން އާގަޑިއެއް ދޭ ކަމަށެވެ. ކަސްޓަމަރު ހިތްމަރުވާ ކަހަލަ ކަމެއް ދުވަހަކުވެސް ދުވަހަކުވެސް ނުކުރާ ކަމަށެވެ.

"މިތާ ހުންނާނީ މުޅިން ވެސް އޮރިޖިނަލް އަތުކުރީ ގަޑި. ފެން ނުވަންނާނެ އެ ގަޑިއަކަށް. ފެން ވަދެގެން އަތުވެއްޖެއްޔާ އެ ގަޑިއެއް މަރާމާތުކުރުމުގެ ބަދަލުގައި އެހެން ގަޑިއެއް މި ދެނީ. އީ.އެން.ޕީއަށް މިވީ 23 އަހަރުގައި އެ ގޮތަށް މި ގެންދަނީ. ދެންވެސް އޮންނާނީ އެ ގޮތް،" މަނިކު ސޭޓު ބުންޏެވެ.

އީ.އެން.ޕީއަކީ ޓޫރިސްޓުންނަށް ޚާއްސަ ފިހާރައެއް ކަމަކު، ދިވެހިންނަށް ވެސް އަގުހެޔޮކޮށް ހުރިހައި އެއްޗެއް ލިބޭނެ ކަމަށް މަނިކުސޭޓު ބުންޏެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.