
ގދ.ގެ ތިނަދުއަށް އަދު "ހުވަފެނެއް ދައްކާދެނީތޯ"
ހާދަ ހިތި އަސަރެއްގެ ޒިކުރާއިން އެމީހުން ރޮއްވަނީތޯ
ރަޙުމުނެތް އަނިޔާތަކުން ނެތި ގެއްލިދިޔަހާ ޙައްޤަކަށް
ދައުލަތުން އެބަދަލުތަކާ އަދި މަރުގެދިޔަވެސް ދޭނުތޯ
ދައުލަތަށްވުރެ މާބޮޑަށް މުއްސަނދި އެތައްގިނަ މީހުނެއް
ދައުލަތުން ޖަލުގައި މަރައި ނެތިކޮށްލި ބަދަލު ދެވޭތޯ
ލޫޓުވާ، އަންދައި، އެކީ ނެތިކޮއްލި މުދަލާ، ގެދޮރުތައް
"ފޫޓުއެޅުމަށްފަހު" އެއަށް މިސްލީ އަގެއް ދެވިދާނެތޯ
ގަދަކަމުން ކަނބަލުންގެ ޢިއްފަތް ފޭރިގެން، ވީގެއްލުމަށް
ޢަދުލުވެރި ބަދަލާއި ބޭސް ފަރުވާ އެއަށް ދެވިދާނެތޯ
ޢިއްޒަތުއްނަފުސާއި އަބުރާ ޢިއްޒަތާވެސް "ކަތިލުމުން"
ތިން ހަތަރު ރުފިޔާގެ ބަދަލެއް ދިނުމަކުން ފުދިދާނެތޯ
"ބޭރުގައި އޮފުލައި އެހެންއަދި ދެއްކިހައި ކުލައެއްބަލަން"
ރޭރުނުވެ، ތިނަދޫ ދަރީން ސާބިތުކަމާއެކު، ތިއްބެވިންތޯ
***
ބޭރު ބަޔަކާ އަދި، ދިވެހި ޣައްދާރުނާ ބައިވެރިވެގެން
އޭރު މެރި އޮނަވިހި ދަރިިންނަށް ބަދަލު ދުވަހަކު ދެވުނުތޯ
ކާކުތޯ ދަޢުވާ ލިބޭ ޚަސްމެއް، ހުރީ ތިޔަ ބަދަލުދޭން،
ކާކުތޯ ތިޔަފަދަ ރަޙުމުހުރި ވެރިކަމެއް މިތަނުން ދުށިންތޯ
