މާލެއިން 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެއީ ދިވެހިންނާއި ދެ ބަންގާޅީންނެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment