ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހުން ހޯދަން އެ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ މ. ރުކުހިޔާ، އަޙްމަދު ނަޢީމް، 57، އާއި މއ. ރޮކްބީޗް، މުޙައްމަދު ޢާޘިމް، 43، އާއި ތ. ދިޔަމިގިލި، ބީޗްހައުސް، އަޙްމަދު އާމިރު، 44، އެވެ.
"އަޙްމަދު ނަޢީމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ރަހުނު ނުހިމެނޭ ހުކުމް ތަންފީޒްކުރުމުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 މާރިޗު 21 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓުގައިވާ ބަޔާނުގައިވެއެވެ.
"މުޙައްމަދު ޢާޘިމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 މާރިޗު 21 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
"އަޙްމަދު އާމިރު ހޯދަމުންދަނީ ކްރިމިނަލް ކޯޓުގައި ދައުވާކުރާ ހުކުމް އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަންކުރުން ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 މާރިޗު 21 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓުގައިވާ ބަޔާނުގައިވެއެވެ.
މި ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.



advertisment