
އަންހެނުން ނެތް ގުލްޝަނެއްގައި މާތަކެއް ފޮޅި ފަރިނުވާނެ
ވަސްބަލަން އަދި މާބުރާ ބަޅިނދާ ކޮކާލެއްވެސް ނުދާނެ
ރީތި އެކި އެކި ކުލަކުލައިން ފޮޅި މާމެލާމެލި ފަރިވިޔަސް
މީރުވަސް ލިބިދޭ ތަޞައްލީއެއް ހިތަށް ލިބިގެން ނުދާނެ
މާމަލުން ފޮނިބޮއެ އުފާ ޙާސިލްކުރަން ބަޅިނދާ ކޮކާ
ތާއަބަދު އެގޮތަށް ޝިކާރަ ކުރަން އެގުލްޝަނަކަށް ނުދާނެ
***
ދިރިއުޅެން ރޯޝަން ޙަޔާތެއް އެދުނަކަސް އެޙަޔާތަކަށް،
ދިރިއުޅުން ފަރުމާކުރަން އަންހެނަކުނެތި ފުރިހަމަ ނުވާނެ
ފިނިކަމެއް އުފަލެއް ހިތަށް ލިބިދޭނެ އެއްވެސް މަންޒިލެއް
ދިރިއުޅެން އެއްވެސް އަމާޒެއް އަންހެނުން ނެތިއެއް ނުވާނެ
ރީތި ތަނަވަސް ހެޔޮ ލަފާ ދަރިފަސްކޮޅެއް ދެމި ދާގޮތަށް،
ރީތި ތެދުވެރި އަނތްބަކާއިނުލައި އެކަން ޙާޞިލް ނުވާނެ
ފަޅުކަމެއް ނެތް ރީތި ނަލަ މުސްތަގުބަލެއް އަދި އެދުނަކަސް
ހަރުހަވެތި ނަލަ އަންހެނަކުނެ ތް ކުރިމަގެއް ރޯޝަން ނުވާނެ
ދާއިމީ ދަތުރެއް ފަށާއިރު ކެޕްޓަނާއެކު ދަތުރުގައި،
މާލިމީއަށް އަންހެނަކު ނެތި އަސްލު މަންޒިލަކަށް ނުދާނެ
