ކަލާ ހޮވަނީ ރަދީފުން ބަސް މިވާ ލޯބީގެ ސިފަަ ބުނެދޭން
ލޮލާ ކަރުނައިން މަށަށް ފުދެޔޭ އަޅާ ވޭނާ ރިހުން ބުނެދޭން
ކެތާ ޞަބުރުގެ އޮޅިން ނުނިކުމެ ހިމޭނުން އޮތް ހިތަށް ނޭނގުނު
ހިތާ ހިތުވިންދުތައް މިގޮތަށް ތޮޅޭ ސަބަބެއް ހިލާ ބުނެދޭން
ދުރަށް ދިޔުމުން ކަލާ އެދުވަހު ކުށެއްނެތް ހިތް އެކަނިކޮށްފައި
ވަރަށް ދައްޗޭ މިވާހަކަތައް ކަރުނަ ނާޅާ ދުލުން ބުނެދޭން
ދިމާވީހިނދު ހިތާމަތަކާ ލިބުނު ވޭނުގެ އެހުރި ހިތިކަން
ޖަމާވީ ކަރުނަތައް އަދިވެސް މަސައްކަތް އެބަކުރޭ ބުނެދޭން
މިލާ މޯޅިވި ހިތެއް ނަމަވެސް، އެ ހިތް ތައްޔާރުގައި އެބަ އޮތް
ކަލާ ލޯބިން އަހައިފިއްޔާ މިވާ ހުރިހާ ގޮތެއް ބުނެދޭން
ނިއާމައިގައި ދަތުރުކުރުމަަށް އެދުނު އިޝްޤީ މުސާފިރަކަަށް
މިއީހޭ އެންމެ މޮޅުގޮތަކީ ކޮބައިކަން ލޯތްބަކީ ބުނެދޭން

One Response
އިއްޒާ ތިޔަ ލިޔުއްވަނީ އަޅުގަނޑަށް ވަރަށް ކަމުދާ ފާޑުގެ ޅެންތަކެއް. ޝުކުރާއި މުބާރިކުބާދީ!