ހިތުގެ އާރާ އަތުގެ ބާރާ ނިތުގެ ނޫރާ ލާމެހޭ
ފިޠުރަތުގެ ހަދިޔާއެކޭ އެފިހިން ހަޔާތުގެ ކުލަޖެހޭ
ޅަފަތުގައި ދަރިފުޅުގެ ހުރިހާ ބުރައަކާ ތަކުލީފަކާ
ކަފަކޮޅެއްހެން އުފުލަމުން ފިރުމައިދެނީ ކުލުނުގެ ބޮހޭ
ހަނދުވަރީ ރޭރޭގެ އަލި މެންދަންތަކާއި އިރާދަމާ
ހަނދުމަތައް ހިތުގާ ބިނާކުރެއޭ ރިވެތި ދެލޮލުން ދިހޭ
ކަޅުއަނދިރިކަން ހިތުގެ އާލަމުގައި އެދޭ ބިރުވެރިކަމާ
ފަޅުކަމުން އުފަލުގެ ބިމަށް ގެންގޮސްދެނީ ހެޔޮ ބަސްބަހޭ
ބަލިއެނދެއްގައި ހާލުގައި ލޯމެރިލި ނަމަ، ލޯތްބާއެކީ
ހަލިޝިފާގައި އެންމެ ފޮނި ދެއަތުން ދަވާގެ ދިރުން އޮހޭ
މުޅި ހަޔާތުގެ ގުލްޝަނުން އެކި މޫސުމަށް އެކި ކުލަކުލައިން
ފޮޅުވަމުން ދާހާ މަލެއް ޒީނަތް ކުރާ އެއަކީ ވަހޭ