ދުނިޔެއާ ދުނިޔޭގެ ފުރޮޅުން ލައްކަ ވާހަކަ ބުނެދެޔޭ
ފުނިޖެހޭ އެތަކެއް ސުވާލެއް ހިތުތެރޭގައި އުފެދެޔޭ
މަށި އެއީ އުފެދުންކަމަށްވާ، ކުރިއަރައި ދިޔަ މީސްތަކުން
ފެށި އަރައިރުން، "މިންތި ހަމަހަމަ" ބުއްދި އުނިކަން އަންގަޔޭ
އުފެދުމާ އޮނިގަނޑު ޙަޔާތުގެ، ލައްވަވައިފައިވާގޮތުން
ސަފުގެ ކުރި ނުލިބޭނެކަން އޭ އުޚުތުނޭ ދަންނާށިޔޭ
އޮތްގޮތުން މި އުޞޫލު ފިޠުރަތުގައި ކަލުންނަށް ޚާއްޞަވާ
ހައްޤުތައް އެކި ނިޞްބަތުން ހުރި ދީނުގައި ލިބިފައިވެޔޭ
ގާތްވެ ފިކުރާ ބުއްދި ދާނަމަ މިންތި ހަމަހަމަކުރުމުގައި
މާތްފޮތާ މުސްލިމް އަޤީދާއާ ފުށޫ އަރަމުންދެޔޭ
ކަށިކޮޅުން އާދަމްގެ ހެއްދެވި، އަންހެނާ ހަމަހަމަވުމަށް
ފެށިޔަކަސް ބަހުސެއް މިތާނގައި ކުރި ހިލާ ނުލިބޭނެޔޭ