ޒަަމާނުގެ އަތުން ވީ ޚިޔާނާތް އެނގޭތޯ؟
އަމާންކޮށް މިތާނގައި ކަމެއް އެބަ ހިނގައިތޯ؟
ދިމާ ހާމައަށް ގައުމު އޮއްވައި، ނިދޭތޯ؟
ކަމާމެދު ދެރަވެ، ފިކުރުހިންގަން ނުވޭތޯ؟
ދަނީ އުވި މިތަނުގައި މި ޤައުމުގެ ޘަޤާފަތް
ދަނީ ނެތި ކުރިން އޮތް މި ވަޠަނުގެ ކަރާމަތް
ރޮނީ ދިވެހި ބިން ގެއްލިދާތީ ހިމާޔަތް
ދަނީ ބެހި އޮޔާ، ފިކުރުހިންގަން ނުވޭތޯ؟
ހަރާމުގެ ބަނޑުން ނެތް ކުށެއް ގައިމު ނުވިހާ
ކުރާތީ ފެނޭ ޢަމަލުތައް ހުތުރު ހުރިހާ
އަރައިގަތް ކުށުގެ ނިސްބަތުންނޭ މިބުނިހާ
ބަރާވީ މިބިން، ފިކުރުހިންގަން ނުވޭތޯ؟
ނެތޭ ރައްކަލަށް އެދި އަޅާފައި ނިޤާބެއް
ނެތޭ ނަފުރަތާ ހަސަދައަށް ވަކި ހިސާބެއް
ވެތޭ ކޮންމެ ގުޅުމެއް ކަނޑަން އޭގެ ސަބަބެއް
ފެތޭ ހަމަޔަކަށް، ފިކުރުހިންގަން ނުވޭތޯ؟
