ހުޅުމާލެ ފިހާރައަކުން ވައްކަން ކުރި މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ މި އަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ "އަމްޒާނާ ޖެނެރަލް ގުޑްސް" ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހުޅުމާލެ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.
ކަޅާއި ހުދުގެ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ތޮތްޕަކާއި މާސްކެއް އަޅައިގެން ހުރި ޒުވާނަކު އެ ފިހާރައިގެ ދޮރު ހުޅުވާލައިގެން އެތެރެއަށް ވަދެ، ކައުންޓަރު ކައިރީގައި އިށީނދެފައި ވަތްގަނޑު ހުޅުވައިގެން އެއްޗެއް ނަގައިގެން ޖީބަށް ލައިގެން ދޮރުން ނުކުމެގެން ދާތަން ފެނެއެވެ.
"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment