ބަހެއްގެ މަގާމު ވިސްނޭނީ އަތުން ބީވެވި ބަހެއް ނެތެމުން
ލަހެއްގެ ސަޒާ ހިތަށް ހެރެނީ ވަގުތު ފާއިތުވެގެން ދިއުމުން
މިތާނގެ ބަހާތަކުން ކުރެ ތަރިކައެއް ބަހަކީ އުޖާލާވީ
ހިތާނެ ބައެއް ނެތީމާ ބަސް ހިތާމައިގާ ދަނީ ނިމެމުން
ޒުވާނުން، ކުޑަކުދިން ނޫޅޭ ބަހުން މޮށެ ލިޔެ ކިޔާ ހެދުމަށް
ރުވާނެ ގަހެއް ނެތީމާ ދަނޑު ދަނީ ހަނަފަސްވެގެން ނެތުމުން
ގެޔެއްގައި އަދި މަދަރުސާގައި ވިޔަސް އިނގިރޭސި ބަސް، ބަހަކީ
ފެޔަށްޖެހި ދިވެހިބަސް އެއްލާލުމުން މިދަނީ މިބަސް އުވެމުން
އޮފީހެއްގައި ވިޔަސް ފޯމެއް ފުރަންޖެހެނީ ފަރަންޖި ބަހުން
ކޮފީ، އެއްވުންތަކާ ޖަލްސާތަކުން "އިނގިރޭސި" ދޭ ވިދަމުން
ކިޔާ ފޮތްތައް ބަލާ ފިލްމުން ވިޔަސް އިނގިރޭސި އޮއިވަރުގާ
ޚިޔާލެއް ނެތި ޖެހޭތީ ބަސް ދިވެހި މި ދަނީއެ ގެނބި ފެތެމުން
ހިތާމައިގާ ކޮޅެއް ވެސް ނެތް މި ބަސް ކަންފަތިވެގެން މިދަނީ
ފިތާއި މެޔާ ލަގޮނޑި ފެޅެމުން، ދަނީ ބަސްވާރުނޭ މިކަމުން
ޖިހާދެއްކޮށް ވިޔަސް ދިވެހީންގެ ބަސް އަތުލަންޖެހޭ ދިވެހީން
އިހާއި ފަހަށް ދިއުން ބޭނުންވަނީ ކުރިލާ މިބަސް ހެދެމުން