ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ޙަވާލުވެވަޑައިގެންފި
????ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބަޔާން: pic.twitter.com/SlAu5Es06p
— People’s Majlis (@mvpeoplesmajlis) February 25, 2022
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައެވެ.
Alhamdhulillahi. Surgery is complete. I am presently recuperating and in good spirits. I thank everyone for their kind wishes and prayers.
— Ibrahim Mohamed Solih (@ibusolih) February 25, 2022



advertisment
One Response
މިހާރު މި ވީ ގޮތުން 17 ނޮވެންބަރު 2023ގެ ނިޔަލަށް ރައީސްކަމުގެ 5 އަހަރުގެ ފުރިހަމަ ދައުރެއް ރައީސް ސޯލިހަށް އަދާކުރެއްވުނު ކަމަކަށް ނުވާނެއެވެ. މަދު ގަޑިކޮޅަކަށް ނަމަވެސް އެވަނީ އެ ދައުރުން ބައެއްގައި މަސްއޫލިއްޔަތާ ދުރަށް ވަޑައިގެންފައެވެ.