Support Us

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން: ނައިބު ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލައި، ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.

ހަމަ އެހެންމެ ރަށްރަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް މި ސަރުކާރުން ސަމާލުކަންދޭ ކަމަށާއި ޚާއްޞަކޮށް ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ނައިބު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ރާއްޖެ ތަމްސީލުކުރެއްވުމަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ބެލި ނަމަވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އަންހެނުންގެ ހިއްސާ އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކޭ އެއްވަރަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ "ކައުންސިލްތަކުގެ ރޭންކިންގ (2019- 2020) ފޮތް ނެރެދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ 'ރަނަހަމާންތި' އަދި 'ގަދަހަމާންތީ’ގެ 1 ވަނަ ދަރަޖައިގެ އެވޯޑް (2019 އަދި 2020) ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.

ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުން އަންނަ އެވޯޑެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް