ކޮއްކޮ ކިޔަން ކޮއްކޮ ކިޔަން
ހާ ށަވިޔަނި ކޮއްކޮ ކިޔަން
ނޫނާ ރާ ކޮއްކޮ ކިޔަން
ބާ ޅަވިޔަނި ހިތުން ކިޔަން
ކާފު އަލިފު ވާވު ކިޔާ
މީމު ފަހުން ފާފުކިޔާ
ދާލުގެފަހު ތާ ލާމާ
ގާފު ކިޔައި ޏަވިޔަންޏާ
ސީނުގެ ފަހު ޑަވިޔަންޏާ
ޒަވިޔަނި އަދި ޓަވިޔަންޏާ
ޔާ ޕަވިޔަނި ޖަވިޔަންޏާ
ޗަވިޔަންޏަށް ނިންމެންޏާ
ދަސްވީޔޯ ދަސްވީޔޯ
ކޮއްކޮ ހިތުން ދަސްވީޔޯ
ހާ ށަވިޔަނި ދަސްވީޔޯ
ތާނަ ބަނދިން ދަސްވީޔޯ