ހިނގާގޮތް "ދޫނި ރާއްޖޭ" ގަވާއިދުތައް ނިކަން މޮޅުވާނެ
ކުރާ ހުރިހާ ޙުކުމް ތަންފީޒު، ކޮށްލާގޮތް ވަކިން މޮޅުވާނެ
ގަވާއިދަކީ ކޮބައިކަން ނޭނގި އެތެރެކުރާ ދިރޭ އެއްޗެއް
ގަވާއިދަކީ ދަމައި ކަތިލައި މަރައި ނައްތާލެވެން ވެސް ވާނެ
މަރާއިރު ރޮއެ ގޮވާއަޑު ގަދަކުރާ ބާވަތުގެ ސޫތްޕެއް ނަމަ،
ޖަހާ އިންޖެކްޝަނާ އެކު، ޑީ ފުރީޒަރަކަށް، ލެވެންވެސް ވާނެ
ގަވާޢިދު ހުއްދަ ނުކުރާ، ދިރުންނެތް ކޮންމެ އެއްޗެއްވެސް
ގަވާއިދު ވާން ޖެހޭނީ އެތެރެކުރި މީހަކު މަރާލަން ވާނެ
ވިސާ ނެތި އެތެރެވީނަމަ އެތެރެވާ ކޮންމެ ޖަނަވާރެއް
ވިސާ ހައްދާ އޮފީހުގެ އިސް ވެރިންނާއެކު މަރާލަންވާނެ
ޙުކުމް ކުރުމަށް ތިބޭނީ، ޑަކްތަރުން، އުސްތާޒުނާ، ޝޭޚުން،
ޙުކުމްކުރުމާ އެކީގައި އޮފިޝަލުން، ތަންފީޒުވެސް ކޮށްލާނެ
މިހާ "އާކުކުޅަކަށް ގާބިހެއް" އެޅުމުން މިހާވަރުވާނެ،
ނިދާލަން ލޯ މަރައިގެން، ދޫނި ރާއްޖޭގައި ނުއެއް ތިބެވޭނެ
މިތާ އޮތް ދޫނި ރާއްޖެ މިއީ ނަމޫނާޔަށް ބަލާ ގައުމެއް،
އެތާ ތިބިހައި މޮޔައިންގެ ރުހުން، މަކަރުވެރި ރޭވުމުން ހޯދޭނެ