Support Us

މިރޭގެ ފްލައިޓުން އުމްރާއަށް ފުރަން އުޅުނު ދިވެހި ގްރޫޕުގެ ބައެއް މީހުން އެއާޕޯޓުގައި..  -އަދިވެސް ފޮޓޯ:

އުމްރާއަށް ފުރަން އުޅުނު 100 މީހުންގެ ގްރޫޕެއްގެ ޕީ.ސީ.އާރް ޓެސްޓުގެ މުއްދަތު ހަމަވެގެން ނުފުރިފައި

23:00

މިރޭގެ ފްލައިޓުން އުމްރާއަށް ފުރަން އުޅުނު ދިވެހިންގެ 100 މީހުންގެ ގްރޫޕެއްގެ ޕީ.ސީ.އާރް ޓެސްޓުގެ މުއްދަތު ހަމަވެގެން، ނުފުރި އަނބުރާ ގެއަށް އަންނަންޖެހިއްޖެއެވެ.

ސައުދީ އެއާލައިނުން މިރޭ 11:55ގައި ޖިއްދާއަށް ފުރަން ހަމަޖެހިފައި ތިބި "ސަފާ ހައްޖު އުމްރާ" ގްރޫޕުގެ 100 މީހުންގެ އަތުގައި އޮތީ 72 ގަޑިއިރު ހަމަނުވާ ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާއެވެ. ނަމަވެސް ސައުދީ އެއާލައިނުން އެންމެ ފަހު ވަގުތު ވަނީ، 48 ގަޑިއިރު ހަމަނުވާ ޕީ.ސީ.އާރް ޓެސްޓެއް ނެތް ނަމަ ދަތުރުނުކެރެވޭނެކަން އަންގައިފައެވެ.

"ސަފާ ހައްޖު އުމްރާ" ގްރޫޕުގެ ވެރިޔާ ޝެއިޚް ނަސީމު "އަދިވެސް" އަށް މިރޭ ވިދާޅުވީ 72 ގަޑިއިރު ހަމަނުވާ ޕީ.ސީ.އާރް ޓެސްޓާއެކު އޭނާ މީގެ ކުރިން ދެތިން ފަހަރަކު ވަނީ އުމްރާއަށް މީހުން ގެންގޮސްފައެވެ. ނަމަވެސް މިރޭ، އެންމެންނަށް ބޯޑިން ފާސް ވެސް ދޫކުރުމަށްފަހު، 48 ގަޑިއިރު ހަމަނުވާ ޕީ.ސީ.އާރް ޓެސްޓެއް ނެތް ނަމަ ދަތުރުނުކެރެވޭނެ ކަމަށް ޗެކިން ކައުންޓަރުން އެންގީ ކަމަށެވެ.

މިރޭގެ ފްލައިޓުން އުމްރާއަށް ފުރަން އުޅުނު ދިވެހި ގްރޫޕުގެ ބައެއް މީހުން އެއާޕޯޓުގައި..  -އަދިވެސް ފޮޓޯ:

ނަސީމު ވިދާޅުވީ 48 ގަޑިއިރު ހަމަނުވާ ޕީ.ސީ.އާރް ޓެސްޓެއް ބޭނުންވާ ކަމަށް އެންމެ ފަހު ވަގުތު ބުނުމުން، ބޮލަކަށް 100 ޑޮލަރު ދިނުމުން އެއާޕޯޓުން ވަގުތުން ހަދައިދޭ އެންޓިޖެން ޓެސްޓް ހަދަން ވެސް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް، އަލުން ޕީ.ސީ.އާރް ހަދައިގެން މާދަމާ ރޭގެ ފްލައިޓުން ފުރަން މަޑުކުރަން އެއާލައިނުން ބުނި ކަމުގައިވެސް ނަސީމު ވިދާޅުވިއެވެ."އެހެންވެ އަޅުގަނޑުމެން މި އުޅެނީ މާލެ ގޮސްފައި، މާދަމާ އަލުން ޕީ.ސީ.އާރް ހަދައިގެން މާދަމާ ރޭގެ ފްލައިޓަށް އަންނަން،" އެއާޕޯޓުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ނަސީމު ވިދާޅުވިއެވެ.

"ބޯޑިން ފާސް ދިން އެންމެނަށްވެސް. އެކަމަކު ޕާސްޕޯޓުގައި ތައްގަނޑު ޖެހުމުގެ ކުރިން މި މައްސަލަ ނުކުމެއްޖެ. ވަރަށް ބޮޑު ގެއްލުމެއް މިއީ،" ނަސީމު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކުންފުނީގެ ފަރާތުން ޕީ.ސީ.އާރް މާދަމާ ހަދައިދޭނަން އެންމެނަށް ވެސް."

ވެލާނާ އެއާޕޯޓުގައި ހުރި މީހަކު ބުނި ގޮތުގައި އުމްރާވެރިން އަނބުރާ ގެއަށްދާން ޖެހުނީ، ޓާމިނަލް ތެރެއަށް އެ މީހުން ވަނުމުން، ދަތުރު އަރަހައްޓަން އެއާޕޯޓަށްދިޔަ އާއިލާގެ މެމްބަރުންވެސް އެނބުރި ގެއަށްދިޔަ ފަހުންނެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް