ހިތުގެ ޖަޒުބާތުތައް ރުއިމާ ކުރާ އާދޭސްތަކާ އުފަލާ
މިތުރު ކަންފަތްތަކަށް އަސަރީ ގޮތެއްގައި ލައިދެނީ އުފުލާ
ސިކުނޑިތައް ހުޅުވިދާ ހުރިހާ މަގާމެއްގައި އެކީ ދަރެހާ
ފިކުރުތައް ސިފަވެދާ އަތުރައިދެނީ ގުޅުވައިދެމުން ދެލޮލާ
ހިތުން ހިތަކަށް ދެވޭ ހުރިހާ ޖިޒީ އާ އޭގެ ލައްޒާތާ
އަތުންނާ އަދި ދުލުން އަމުނާލަނީ ލޯބީގެ ބިލް އަތުލާ
ޢުލޫމާ އެންމެހާ ހުނަރާ ފުނޫނާ ފެންނަ އީޖާދާ
ޤުލޫބުގެ ފަތްފުށަށް ހުރިހާ ނަކަލު ކުރަނީ އެކީ އަދުލާ
ސިޔާސީ މަސްރަހުން ދެމެދެއްގެ ގުޅުމާ އޮންނަ ލޭންދޭނާ
ކިޔައިދީ ބުނެދެނީ މިތުރާގެ ދޫ ވަގުތާއި ކައިރި ވެލާ
ޖިހާދުގެ ބިންތަކަށް އޮހޮރާލި ރަތްލޭ އިއްޔެ މާޒީ ގައި
މިހާރުގެ ލޯތަކަށް ކުރަހައިދެއޭ ފަރަގެއް ނުކޮށް އަސްލާ
ނަފާ މަންފާ ވެދާ ގެއްލުންތަކާ ހުރިހާ ލިބޭ ދެރަޔާ
ތަފާތެއް ނެތި ކިޔާނޭ މާދަމާ ވެސް އެއްފަދައިން ހާލާ