ދިވެހި މި ފަޒާ މިހެން އޮއްވާ، ދިވެހިބަސް ދާނެހޭ ދޭހުން
ނުވެހި ދިވެހިއްޔަތުގެ ވާރޭ ދިވެހި ބިން ވާނެހޭ ބީހުން
ބަހާ އަދަބީ ޗަމަން ދިރިގެން ބަހާރެއް ފަރިވެދާ ހިނދުގައި
ވަހާކުލަ ރީތި ފިނިފެންމާ، ފޮޅޭހިނދު ބަސް ދިރޭ ރޫޙުން
ދިމާވާ ގޮންޖެހުންތަކުގައި އުކުޅުތައް ދިވެހި ހޯދައިގެން
އަމާން އައްސޭރިއަށް ބީއްސާލުމުން ބަސް ކުރިއަރާ ރޭހުން
ވަމުން ފަޚުރާއެކީ ދިރުވާން ޒަމާނީ ފަންނިޔާތާއެކު
ބިމޭ ދިވެހީންގެ އެދިގޮވަނީ، ޖަހާ ވިންދާ ލެވޭ އާހުން
ތިމާއީ ކާކުކަން ކޮންތާކު މީހެއްކަން ބަހަށް ވިސްނައި
ދިމާވާ ހިނދު ކުރާނޭ ވަކި އެތައްގޮތަކުން އެހެންމީހުން
ޖަހައިލާ ރާޅުތައް ބަލަމުން އަސާސްތައް ބަހުގެ ހިފަހައްޓާ
ޖަހައި ކުރިޔަށް އަރާ ބަސްތަކުތެރޭން އެއްބަސް މިއީ ހާހުން