Support Us

މާދަރީ ބަހުގެދުވަސް ފާހަގަކުރާއިރު

މިއަދު މާދަރީ ބަހުގެ މިދުވަސް ދުނިޔެ ފާހަގަކުރާ ކުރުމުން
މިއަދު ދިވެހިން އުފާކުރަނީ އަމިއްލަ ދިވެހިބަހެއް އޮތުމުން

މިއަދު މިޝަރަފު އަތުން ބީވިޔަނުދީ ދެމެހެއްޓެވެން މިއޮތީ
މިގައުމުގެ ޖީލަކަށްފަހު ޖީލަކަށްވެސް ރައްދުކޮށް ދެވުމުން

ބަހެއް ދިރި ދެމި އޮތުން މިވަނީ ބަހެއްގެ އަހުލުވެރީންގެ ތެރެއިން
ބަހެއް ދިރުވަން ބަހަށް ފުރިހަމަ ސަމާލުކަމެއް ދެވޭ ވަރަކުން

ބަހުން "މޮށެއުޅުމުގައި" އެބަހެއްގެ އަހުލުވެރީންގެ ފެންވަރުގައި
ބަހުގެ ހަމަޔާ ގަވާއިދުތައް ކިޔައި އިސްކަން ދެވޭ ވަރަކުން

ބަހުން ލިޔެ ކިޔުމުގައިވެސް އޮންނަ ހަމަޔާ އަދި އުސޫލު ތަކުން
ބަހުން ހޯދައި ބަލައި އެކަމަށް ސަމާލު ކަމެއް ދެވޭ ވަރަކުން

ބަހުގެ އުސްތާޛުނާއި އަދީބުނާ އެބަހެއް ގެނައި ގޮތަކަށް
ފަހުގެ ޖީލުން އެބަސް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތަކުން

ލިޔާ ލިޔުމާ ކިޔާ ކިޔުމާ އިވޭ އަޑުގައި ތަފާތު ވިޔަސް
ޚިލާފެއް ބަހުގެ އަސްލަށްވެސް ނުވާނެ ކަމަށް ބުނަން އެނގުމުން

އަމިއްލަ ބަހާ ސަގާފަތަކީ އެއީ ޝަރަފެއް ކަމަށް ދެކެމުން
އަމިއްލަ ބަހަށްވުރެން އިސްކަން އެހެން ބަހަކަށް ނުދީ އުޅުމުން

އަމިއްލަ ބަހެއް އެގައުމެއްގައި ވިދައި ކުރިލައި އަރާދާނީ
އަމިއްލަ ބަހާ ވަޠަން ރައްކައު ކުރަން ގައުމީ ދަރީން ކެރުމުން

މިމާތް ދީނާއި ގައުމިއްޔަތު މިމާތް ވަޠަނާއި ޙުއްރިއްޔަތު
ޙިމާޔަތް ކޮށް ދެވޭނީ ވެސް ބަހަށް އިސްކަން ދެވޭ ވަރަކުން

އަމިއްލަ ބަހެއް އޮތަސް ލިބިފައި އެބަސް ދިރިދެމި އޮތުން މިވަނީ
އަމިއްލަ ދެލޯ ފަދައިން އެބަހަށް ދެވޭ ގަދަރެއްގެ މިންވަރަކުން

ހިނގާށޭ "މާދަރީ މިބަހުގެދުވަސް" ފާހަގަވޭވޭ ހިނދުގައި
ހިތާ ރޫޙުން ބަހުގެ ކުރިމަގު އަލުން ކުރަހަން ނިކަން ޖޯޝުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *