Support Us

ދުނިޔޭގެ މާދަރީ ބަހުގެ ދުވަހު ދިވެހި ދަރީންނަށް ދިވެހި ބަފައެއްގެ އާދޭސް

މިއަދު ދުނިޔޭގެ މާދަރި ބަހުގެ މި ދުވަސް ހަނދުމަ ކޮށްލައްޗޭ
މިގައުމުގެ މޮށެ އުޅޭ މިދިވެހި ބަހާމެދު ވިސްނަވާލައްޗޭ

ބަފައިމެންދުނިޔެ ދޫކުރިއަސް ދިވެހިބަސް ތިޔަކުދިންގެ އަތުން
ހިފައިގެންގޮސް މިބަސް ދަރިދަރި ކޮޅަށް ވާޞިލު ކުރައްވައްޗޭ

ޒުވާންޖީލުގެކޮނޑަށްލައިގެން ދިވެހިބަސް އުފުލަމުންގޮސްފާ
ނުވާނޭބުނެ ދަރިންގެ ކޮނޑުން މިބަސް ވައްޓާ ނުލައްވައްޗޭ

މިމަތިވެރި ދީނުގައި ތިބުމާ އަމިއްލަ ބަހެއް މޮށެން އޮތުމާ
މިމަތިވެރި ނިޢްމަތަށް ޙަމްދާ ޝުކުރު އަބަދުމެ ކުރައްވައްޗޭ

މިގައުމުގެ ކާބަފައިންގެ ހަނދާންތަކާ ބަސްމޮށެ އުޅުނު އުޅުމާ،
ނަގައިނުމެލައި ޒުވާނުންނޭ މި ޛިކުރާ އައު ކުރައްވައްޗޭ

ދިވެހިދަރިޔެއް ކަމަށްވަންޏާ ބަހެއް ފުރަތަމަ ދުލުން މޮށެނީ،
ދިވެހި މިބަހުން ކަމާމެދުގައި ހަނދުމަ ނެތިކޮށް ނުލައްވައްޗޭ

ބަހުން އެކި ބަސްބަހުންމޮށެ، އުޅެން މޮޅުމީހަކަށްވިޔަކަސް
ބަހުން ފުރަތަމަ " ސަލާންޖެހި ނާށިގަނޑު" ދޫކޮށް ނުލައްވައްޗޭ

ދިވެހިބަހަކީ ދިވެހި ގައުމަށް އެކަނި އޮތް މިލްކަކަށް ވީތީ
ދިވެހި ގައުމުގެ ޒުވާނުން ފަޚްރުވެރި މިބަހަށް ވެދެއްވައްޗޭ

ދިވެހިބަފައެއް ކުރާއާދޭސް ދެފައިގައި ވެސް ހިފައި ރޮއެފާ
ދިވެހި ލޮބުވެތި ދަރިންނޭ އަޅެ ބަފައިގެ މިއަޑު އަހައި ލައްޗޭ

ނިޝާން ފެއްސާ ރަތާއި ހުދުން މިތާ ވިހުރޭ ކަމަށް ވަންޏާ
ފިސާރި ގަޔާވެގެން މިބަހަށް ނިކަން ހޭހަން ކުރައް ވައްޗޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *