މާލެއިން ގެންދިޔަ ތިން ފުޅި ބަނގުރަލާއެކު ހދ. ކުޅުދުއްފުށީ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލެ އިން ކުޅުދުއްފުއްޓަށް ދާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި، 22 އަހަރާއި 24 އަހަރުގެ ދެ މީހުން އަތުލައިގަތީ އެ ރަށު ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ދެ މީހުން ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން ތިން ފުޅި ބަނގުރާ ފެނިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ކުޅުދުއްފުށީ ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment