ދިޔަތަނުން ޢިބުރަތް ހިފައި، މާޒީ ހަނދާނުން ފޮހެލަމާ
ފިޔަވަޅެއް ކުރިޔަށް އެޅޭތޯ، ހިތިހަނދާނާ ދުރުވަމާ
ވާކަމެއް މިވަގުތު މިތަނުގައި ވާންއޮތީތީ ޝުކުރުކޮށް
އާކަމެއް ކޮންމެސް ފެށޭތޯ ކުރިބަލާ ހިނގަމުން ދަމާ
އިންޤިލާބީ ބަދަލުތަކަކަށް މާދަމާ އުއްމީދުކޮށް
ދިން ފިލާވަޅުތައް ޙަޔާތުގެ ތަޖުރިބާއަށް ފޮރުވަމާ
ކުރިއަރާ ދިޔުމަަށް ލިބޭ ފަހި އެންމެހާ ފުރުސަތުތަކުން
ހުރި އަމާޒަށް ދާނެހެން، މިސްރާބު ސީދާކޮށްލަމާ
ބާރު ދުވެލީގައި ހިނގާ ގަދަ އޮއިވަރާއެކު ހިތުތެރޭ
މޭރުމީ ޗާޓެއް ޒަމާނުގެ ކުލަތަކުން ކުރަހާލަމާ
ގޮތްގޮތަށް ފުރޮޅޭ ނަސީބުގެ ހާލަތާ ބައްދަލުވުމުން
ގޮތްފޮތާ ބުނެދޭ ހަޔާތުގެ ފަލްސަފާއަށް ވިސްނަމާ