ނުއަތަކަށް ކައްސާލުމުން ފައިތިލަ އެޅުނު މީ އަޑިގަނޑެއް
ނުއަގަކަށް ވިކި އިއްޒަތާ އަބުރާއި ވެއްޓުނު ވަޅުގަނޑެއް
އިންތަކެއް ނެތުމުން ހިތުގެ ރުހުމާއެކީ ކުފުރުގެ މަގުން
މިންތަކެއް ފަސްދިން ފަހުން ބެދުނީ ނުފެނި ހުރެ މަޅިގަނޑެއް
ވެއްޓެމުން ދިޔައިރު ދުށިން ހުދު ރާޅު ފޮނުލާ ގަދަ ކަނޑެއް
އެއްލި އަތުގައި ނޭނގި އެހެނަސް ޖެހުނު، ކުޑަކުޑަ މަޅުގަނޑެއް
ހިތްވަރާއެކު މަންޒިލެއް ހިތުލައި ފަތައިގެންފައި ބެލިން
ހިތް ކަފައިލީ ދުނިތަކެއްހެން، އައި އެހިނދުކޮޅު ކެރިގަނޑެއް
މޮޅިތަކެއް ހެރުމުން މެޔަށް, ބުނެލައިފިޔޭ އެ ވަގުތު ނަޒަރް
ހޮޅިލަމުންދާ ރާޅު ދަށުނުވެ، ލާށެ އަތު ހިކި ފަސްގަނޑެއް
މަސްތުގައި ޖެހުމުން އަވައިގައި ޖިސްމު ވީދުނު ވޭނަކީ
ފިސްވެގެން ބުންވަރު ނެރުނު ކިރިޔާ ނަޖާވީ ކޮޅިގަނޑެއް
ހިޔަފަހަރު ޖަޒުބާތުގައި މާޔޫސްވެގެން ހިތް ލައި އަތަށް
ދިޔަ މަގުން ގާތިލް އަޔަސް ނުބަލާނަމޭ ދެން އަޅުގަނޑެއް