ދެމޫސުމޭ ދެމޫސުމޭ
ރާއްޖޭގައި ދެ މޫސުމޭ
އިރުވައި ކުރު މޫސުމެކޭ
ހުޅަނގު އަށެއް މަސްދުވަހޭ
ދަނަ ރާހީން މުލަނަކަތޭ
މަކަރައިގައި ފުރަހަޅަޔޭ
އުތުރަހަޅައި މަކަރަނިމޭ
އުވިޔަސް ވެސް އަވިހިވެޔޭ
ކުންބައިގައި ހުވަންފެށޭ
އޭގެ ފަހުން ދިނަށަ ފެށޭ
ދިނަށަ މުޅަށް އަޅާނެޔޭ
ވައި ހިނދިފައި ހިމޭންވެޔޭ
މީންޏަ ކިޔަން ފަށާނަމޭ
ފުރަތަމަ ހިޔަވިހާ އިނގޭ
ފުރަބަދުރުވަ އިސްވާނޭ
ފަސްބަދުރުވަ ފަސްވާނޭ
ބަދުރުވަ ފެށި ގުގުރާނޭ
ވެހިފައި ފެން ބޮޑުވާނޭ
ރޭވަައިގައި ވައިއެނބުރޭ
އިރުވައި ނިމި ހުޅަނގުވެޔޭ