Support Us

އަސަރު ނުކުރި ގަނޑުފެނުގެ ފިނި ހިތެއްގެ ވާހަކަ

ލޯބިވާއެވެ! ހާދަ ގަދައަކަށް އަހަރެން މަސައްކަތް ކުރީމެވެ!

އަހަރެންގެ ކޮންމެ ހުވަފެނަކީ ވެސް ކަލާކަން ސާބިތުކޮށްދެވޭތޯއެވެ.

ނަމަވެސް، ޝައްކުތަކުގެ ތެރެއަށް ކަލާ ގެނބި ގޮސް، ބިރުގަނެ،

ކަލާއަށް ހީވަނީ އަހަރެން ކުރާ ކޮންމެ ކަމަކީ ވެސް ކޮންމެވެސް ނުބައި ރޭވުމެއް ކަމެވެ.

ކަލާއަށް އަޅާލައި ކަލާއަށް ހެޔޮކޮށް ކަންތައް ކުރަން އަހަރެން ދަސްކުރި ވަރަކަށް،

އަހަރުމެން ދެމީހުން އިތުރަށް ދިޔައީ ދުރުވަމުންނެވެ!

ޝައްކަތަކުން ފުރިފައިވާ ކަލާގެ ސިކުނޑި މިނިވަންކޮށް،

އެއްވެސް އަސަރެއް ނުކުރާ، ގަނޑުފެނުގެ ކަލާގެ ފިނި ހިތް،

އަހަންނަށް ވިރުވާ ނުލެވެނީ ކީއްވެބާވައެވެ!

ކަލާއަކީ އަހަރެންގެ މީހެއް ކަމުގައި ގަބޫލުކުރެވުނު އިރެއް ދިޔައެވެ.

ނަމަވެސް، މިހާރު އަހަންނަށް އެނގި ސާފުވެއްޖެއެވެ.

ކަލާގެ ހިތް އޮތީ މާޒީގެ ހަނދާނެއްގެ ކަސްތަޅެއްގައި އެޅި ބަނދެވިފައި ކަމެވެ.

އަހަރެންގެ ކުރިން، އެހެން ލޯތްބެއް ވަނީ ކަލާގެ ހިތް،

ހިތާމައިގައި ޖައްސައި މޮޅިކޮށްލާފައެވެ.

އެހެންވެ، މިހާރު، އަހަރެންގެ ހިތް އެދަނީ އެހިތް ނުކުރާ ކަމެއްގެ

ސަޒާ ލިބިގަނެ، އެކަން ބަރުދާސްތުކުރަމުންނެވެ.

ރުޅިއައިސްގެން، ހިތަށް ތަދުވާ، ނުރަނގަޅު ބަސްތައް ކަލާއަށް ބުނެވެއެވެ.

އަދި އެކަމުގެ ސަބަބުން، ލޮލުން ކަރުނަ ފާއްދާލައި ރޮވޭ ފަދައެވެ.

ކަލާއަށް އެއްގޮތަކަށް ވެސް ހަމަ ނޭނގޭނެއެވެ.

އެކަނި އިނދެ ކަލާ ރުއިމުން އަހަންނަށް ކުރާ އަސަރެވެ.

ކަލާ ވަނީ އަހަރެންގެ ލޯތްބަށް ބޭނުންވެފައި ކަންވެސް އެނގެއެވެ!

ނަމަވެސް، އެ ލޯބި ހޯދަން މަސައްކަތް ކުރާކަށް ކަލާއަކަށް ނޭނގެއެވެ!

ހަޔާތުގެ މައްސަލަތަކާ ކުރިމަތިލުމުން ދުރުވެ،

ކަލާ ފިލަން އުޅެނީ ކީއްވެ ހެއްޔެވެ؟

އެހެން އުޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ!

އެހެންވެ، ކަލާއަށް އަޅާލައި

ކަލާއަށް ހެޔޮކޮށް ކަންތައް ކުރަން އަހަރެން ދަސްކުރި ވަރަކަށް،

އަހަރުމެން ދެމީހުން އިތުރަށް ދިޔައީ ދުރުވަމުންނެވެ!

ޝައްކަތަކުން ފުރިފައިވާ ކަލާގެ ސިކުނޑި މިނިވަންކޮށް،

އެއްވެސް އަސަރެއް ނުކުރާ، ގަނޑުފެނުގެ ކަލާގެ ފިނި ހިތް،

އަހަންނަށް ވިރުވާ ނުލެވެނީ ކީއްވެ ބާވައެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *