Support Us

ކާކަށް ކޮންކަމެއް ކުރެވޭނީ؟

ﷲ ނޫރުފުޅު މާތް ކާކަށް ނިވާ ލެވޭނީ؟
"ﷲ އަށް ފިލައިގެން" ކޮންތާކު ގޮސް އުޅޭނީ؟

ﷲ ހައްދަވާފައި މުޅި ކާއިނާތު އެކުގައި
ﷲ ލެއްވި ބިމުގައި ނޫނީ މިތާ އުޅޭނީ؟

ﷲ އެންމެ މަތިވެރި ޚާލިގުކަމަށް މިވާއިރު
ﷲ ލެއްވި ޚަލްގުން ބޭނުންކަމެއް ވެވޭނީ؟

ﷲ ޒާތުފުޅު މާތް ވޮޑިގެންނުވާ ތަނެއްގައި
ﷲ އަށް ޖަދަލުކޮށް ކޮންތާކު ގޮސް އުޅޭނީ؟

ﷲ ޖައްލަރައްބީ ހަތްއުޑުމަތިން ވަޙީ އައި
ﷲ މާތް ކަލާމްފުޅު ކާކަށް ދެކޮޅު ހެދޭނީ؟

ﷲ މާތްވި ޤުރްއާން މަގުދައްކަވާ މި ގާނޫނު
ﷲ މާތް ޙުކުމްފުޅު ކާކަށް ބަދަލު ވެވޭނީ؟

ﷲ ޖައްލަ ރައްބީ މިބިމާ އުޑާ ފަލަކުތައް
ﷲ ހެއްދެވީމާ ފާޑެއް އެއަށް ކިޔޭނީ؟

ﷲ ލެއްވި މަތިވެރި އިންސާނަކަށް ނަބީކަން
ﷲ ދެއްވުމުން ދެން ކާކަށް ދެކޮޅު ހެދޭނީ؟

ﷲ މާތް ނަބިއްޔާ ހަތްވަނަ އުޑަށް އުފުއްލެވި،
ﷲ މުޢްޖިޒާތެއް ނޫނޭ ބުނަން އެނގޭނީ؟

ﷲ މާތް ނަބީއަށް އިސްރާގެ ދަރަޖަ ދެއްވުން
ﷲ ދެއްވި ޝަރަފެއް ނޫނޭ ބުނަން އެނގޭނީ؟

ﷲ މާތް ޝަރީޢަތް "ދޮގަކަށް އެކަން" ހަދާފައި
ﷲ މާތް ނަބިއްޔާ "ޖޯކެއްކަމަށް ހެދޭނީ؟"

ﷲ އާ، ނަބީއަށް އީމާން ނުވެއްޖެ މީހެއް
ﷲ އަށް ކުފުރުވާ މަގަކުން ހިނގައި ދެވޭނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *