Support Us

ހަޔާތަކީ…

ހަޔާތަކީ ކޮބައިކަން އަހަންނަށް ވިސްނުނު އިރު

ހަޔާތް އޮތީ އަހަރެން އަތުން ބީވެގެން ގޮއްސައެވެ!

އުފާވެރި ކޮންމެ މަލަކުންމެ، ހިތާމައިގެ ހާރެއް އަހަރެން އަމުނާލީމެވެ.

(އަހަރެންގެ އުފާތައް ގުރުބާންކޮށްލައި، ހިތާމަވެރިކަން އަހަރެން ބަލައިގަތީމެވެ.)

އަހަރެން ދިރިހުރުމުގެ އުއްމީދަކަށް ވެފައި އޮތީ އަހަރެން އެދުނު ލޯތްބެވެ.

ނަމަވެސް، އެ ލޯބި އަހަންނަށް ލިބިފައިމެ، އަހަރެން އަތުން ބީވެގެން ދިޔައީއެވެ.

ޚުދު އަހަރެންގެ އަތުން ލޯބީގެ އެ ގުޅުން ފުނޑުފުނޑުކޮށްލުމަށް ފަހު،

އެފަދަ ގުޅުންތަކުގެ މާނައިގެ މައްޗަށް ވެސް ހިތާމަކޮށް އަހަރެން ރުއީމެވެ.

ދުނިޔެއިން އަހަންނަށް ހައްގުވެގެން ވަނީ ކޮން އެއްޗެއްކަން އަހަންނަށް ވިސްނުނު އިރު،

އަހަރެން ދުށް ހުރިހާ ހުވަފެންތަކެއް އޮތީ ބިލާހަކަށް ވެގެން ގޮއްސައެވެ.

ހަޔާތުގެ މުހިއްމު އެ އަނގޮޅިއަށް އާދެވި، އަހަރެންގެ ލޯބި އަހަންނަށް ލިބިއްޖެހެން ހީވި އިރު،

އަހަރެންގެ އެ ލޯބީގެ ބައިވެރިޔާ، އަހަރެންގެ ހިތާ ދުރަށް ހިނގައްޖެއެވެ.

ދެން، ހިތާމައިގެ ގަދަ ވައިގެ ތޫފާނެއް އައިސް ނަގައި އުކާލިއެވެ.

ކުދިކުދިވެފައި އޮތް އަހަރެންގެ މަސްތީ ހިތުގެ އެތިކޮޅުތަކެވެ.

ލޯބީގައި ވަފާތެރިވެ، ދެމިހުރުމުގެ ވައުދުތައް ވެވިފައި އޮތް ކަމުގައި ވިޔަސް،

އަހަރެން އެދުނު ލޯބި، އަހަންނަށް ލިބިފައިމެ، ގެއްލިގެން ދިޔައީއެވެ.

އަހަރެންގެ ލޯބީގެ ބައިވެރިޔަކީ ކޮބައިކަން އަހަންނަށް ވިސްނުނު އިރު،

އަހަރެންގެ ލޯބީގެ އެ ބައިވެރިޔާ އަހަރެން ދޫކޮށް ހިނގައްޖެއެވެ.

ލޯބީގެ އެ ގުޅުން ކެނޑި، އެ ލޯބި ފުނޑު ފުނޑުވެފައިވާ އިރު ވެސް،

އޭނާގެ އެ ލޯބީގެ މަތިން ހަނދާންވުމުން،

އަހަރެންގެ ލޮލުން ކަރުނަ ފާއްދާލައި އެސްފިޔަތައް ތެތްމާލަނީ ކީއްވެ ބާވައެވެ؟

ދެން، ވިއްސިވިހާލިވެފައި އޮތް އަހަރެންގެ ހިތުގެ އެތިކޮޅުތައް،

އޭނާ މަތިން ހަނދާންވެ، ނުތަނަވަސްވެ، ތެޅިތަލ ތެޅިލައި އޮވެއެވެ.

އަދި، އޭނާ ދުށުމަށް ކަރުހިއްކައިގެންފައިވާ އަހަރެންގެ ދެ ލޯ،

އެ ދެލޮލުން ފޭބި ކަރުނަތައް ދިރުވާލައެވެ.

އޭނާ ނުފެނުމުން، އެ ކަރުނަތައް އޮހޮރި ފައިބައިދާނޭތީއެވެ.

ކަރުނައަކީ ކޮބައިކަން އަހަންނަން ވިސްނުނު އިރު،

އަހަރެންގެ މުޅި ހެދުން އޮތީ ކަރުނައިން ތެމި ފޯވެފައެވެ.

ހަޔާތަކީ ކޮބައިކަން އަހަންނަށް ވިސްނުނު އިރު

ހަޔާތް އޮތީ އަހަރެން އަތުން ބީވެގެން ގޮއްސައެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *