މި ދެހިތް ދެތަންކުރި ކުރުމަކީ ވަގުތުގެ އަތުން ކުރި ޤަތުލެކޭ
މި ދެލޯފުރާ އައި ކަރުނައީ ހާލަތުގެ އިތުރު ބަޔާނެކޭ
އެ ހަނދާންތަކާ އޮޅުލަން މި ހިތް ނުނިދާ ދަމަށް އޮތް އޮތުމަކީ
އިހުސާސްތަކާ މައްލަވަކުރާ މެންދަންތަކުގެ މަޖުބޫރެކޭ
އަނދިރީގެ މިނިވަން ދާނުގައި ރޭތައް ގުނަން ތިއްބާ އެކީ
ހަނދު އުދަވެ އަލިކޮށް ދުނިޔެއަށް އެދުވަހު ކުރީ ބޭޒާރެެކޭ
ވިންދާ ތަބީޢަތް ބަދަލުވާ މި ހިތާމަޔާ ތަކުލީފަކީ
އިންސާފުނެތް ދުނިޔޭން ހިތަށް ދިން ހައްޤުނޫން އަނިޔާއެކޭ
މިފުރާނަޔަށް އޯގާވެދިން މާޒީގެ ފޮނި ދައުރަށް ފަހުން
އުފަލާއި ވޭނާ ވަކިކުރަން ނޭނގުނު މިއީ އިންސާނެކޭ
އަމުރެއް ހިތަށް ނުދެނީސް ލެނބޭ ލޯބީގެ ބާރާ ފިޠުރަތުން
ނުމެއެނގި ވެވޭ ފުން ލޯތްބަކީ ބީވެއްޖެނަމަ ހިތި ޒަހަރެކޭ