Support Us

ޅެން ކިޔާމީ ހިތުގެ ވޭނުން

ހެއްލުމެއް ގައި ގެއްލެމުންދާ ފެންނަނީ އަގުބޮޑު ތަނެއް
އެއްލި ދިޔަ މާޒީގެ ޞަފުހާތައް ޖަރީކުޅަ މޮޅު ތަނެއް

ހެޔޮލަފާ ޚުލްގާ ޚަޞީލަތް ނުއަގުގައި ނީލަން ކިޔައި
ތެޔޮހަމެއް ދާއިރު ބަލަން ތިޔަ ހުންނަނީ ފަހެ މަންމަނެއް

ހަސަދައިން ގާނާ ހިމުންކޮށް މަސްލަހަތު އިރު ގެއްލިދާ
އަސަރު ނުކުރާ މިހިތަކީ ހޭ ހިލަގަނޑެއް ފަދަ ތެޔޮހަނެއް

ބަދަލު ކޮށްލައިގެން ހެދުން ގޮނޑި އަދުލު އިންސާފުގެ ފުރަން
ލަދުހަޔާތް ނެތް ހެޔޮވަރީތޯ ފެންނަ ކަސްބީ އަންހެނެއް

ހޯދަމުން ދާއިރު ނަފާ ހަޑި ރޯދިމާއަށް ދުޝްމިނުން
ލޯ މަރާލައިގެން ހުރީހޭ ނުވަތަ ތިޔައީ ފަހެ ކަނެއް

އޭގެ ގެއްލުން އިންތިހާ ނަފުސާއި ގެދޮރަށް މިލިބެނީ
ނޭނގުމުންނޭ އަގުކުރަން އަތްމަތި ވެދާ ރިއްސެއް ރަނެއް

އަރުތައާ މެދު ނެތިވެ ފަރުވާ ނިއުމަތަށް ކާފަރު ވުމުން
ޑަރުޖަނުން ފުރި ކުށްތަކުން ހިތް ބަރުކުރީ އެތަކެއް މަނެއް

ވާދައަށް ކަރުމަރުހިފާ އަދު ލާރިއަށް ދީން ވިއްކުމުން
މާދަމާއިން ފަހެ މަށަށް ދާން ހައްގު ވާނީ ކޮން ތަނެއް

ފިޠުރަތުން ދެއްވެވި ދިމާޣީ ނިއުމަތާ ހައްގަށް ޓަކައި
ހިތުގެ ވޭނަށް ކެތް ނުވެވިގެން ޅެންކިޔާ މީ އާދަނެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *