ގުރުއަތުން ހޮވޭ ފަރާތަކަށް ތުރުކީ ދެ ޓިކެޓާއި އެއް ހާސް ޑޮލަރުގެ އިތުރުން، ބޮޑެތި ޑިސްކައުންޓްތަކަކާއެކު "އެސްޓީއޯ ރަމަޒާން ބާޒާރު" ސޭލް އިއްޔެ ފަށައިފިއެވެ. ޑިޖިޓަލް ކޫޕަނެއް ދޫކުރާ މި ސޭލް ކުރިއަށް ދާނީ އެޕްރީލް 30ގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ.
މި އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
"އެސްޓީއޯ ރަމަޒާން ބާޒާރު" މުޅި ސޭލްގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް، ތުރުކީ ދެކޮޅު ޓިކެޓް (ދެ މީހަކަށް) ލިބުމުގެ އިތުރުން ފަސް ރޭ ތިބުމުގެ ހަރަދާއި ދަތުރު އެލަވެންސްގެ ގޮތުގައި 1،000 ޑޮލަރު ދިނުމަށް ވެސް އެސްޓީއޯއިން ވަނީ ނިންމައިފައެވެ.
ކޮންމެ ރޯދަ މަހަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ސޭލްގައި މި ފަހަރު 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 1،000ރ.ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ސޭލްގައި ހުރިހާ އައުޓްލެޓްތަކުން ކޮންމެ ހަފްތާއަކު ނަސީބުވެރި އެކަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
މީގެ އިތުރުން ވެސް މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި 10 މީހަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ ސުޕަމާޓްގައި ރަމަޒާން ބާޒާރު ސޭލް ފަށާނީ މާޗް މަހުގައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.



advertisment

