Support Us

އޭ ހިތާއެވެ!

އޭ ހިތާއެވެ! ނާކާމިޔާބީގެ ކުރިމަތީގައި ހިއްވަރު އެލުނަ ނުދޭށެވެ!

ހަޔާތުގެ ދުވަސްތައް، ނިގުޅި، ކޮންމެ ފަދަ ހާލަތެއް މެދުވެރި ވިޔަސް،

އެކަން ވެސް ތަހައްމަލު ކުރާށެވެ!

ލޯބީގެ މަގުގައި ހިނގަމުން ދާ އިރު،

އެތައް ހާސް ހިތާމަތަކާ ކުރިމަތިލާން ޖެހޭނެއެވެ!

އެހެންވެ ގޮސް، ކަލޭގެ ހަޔާތް ނުރައްކަލަށް ހުށަހަޅާލަން ޖެހުނަސް،

އެ ހިތާމަތަކުގެ ކުރިމަތީގައި ހިއްވަރު އެލި ދީލާނުލާށެވެ!

ރޮއި ކަރުނަ އަޅައި ހިތާމަކުރުމަކުން،

ކަލޭގެ އުނދަގޫތަކަށް، ކުޑަވެސް، ލުޔެއް ނުލިބޭނެއެވެ!

ކަލޭގެ ހެޔޮ ނަސީބު ކޮޅުން ލައި،

ބަދުނަސީބުގެ ދުވަސްތަކަކާ ކުރިމަތި ލާން ޖެހިއްޖެ ނަމަ،

ހިނިތުންވެ، އެކަމުން އަރައިގަންނަން މަސައްކަތްކުރާށެވެ!

ދުނިޔެ ކަލެއަށް ކުރިމަތި ކުރުވާ އަނިޔާތަކާ މެދު،

އެއްގޮތަކަށް ވެސް ޝަކުވާކުރަން ނުހަދާށެވެ!

ނަމަވެސް، ކަލޭގެ ގާތް ތިމާގެ މީހުންކަމުގައި

ކަލޭ ދެކޭ މީހުންގެ އެހީއަށް އެދި ގޮވައި އެމީހުންގެ ކިބައިން

ހިއްވަރު ލިބިގަންނާށެވެ!

އޭ ހިތާއެވެ! ކަލޭ ކުރަން އުޅޭ ކަމެއް ކުރުމުގައި ހިއްވަރު އެލުނަ ނުދީ،

އެކަން ކާމިޔާބުވަންދެން، މަސައްކަތްކުރުމުގައި ދެމި ހުންނާށެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *