Support Us

އިންޖެކްޝަން ޖަހައި، އައިސްފޮއްޓަކަށް ލައިގެން މަރާލުމަށްފަހު ދޫނިތައް ބޭރަށް ނެރެފައި

ދޫނިތައް މަރާލި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި

އަނިޔާވެރި ގޮތަކަށް 120 ދޫނި ފިޝަރީޒް މިނިސްޓްރީން އިއްޔެ މަރާލި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މީޑިއާތަކަށް ފޮނުއްވި ކުރު މެސެޖެއްގައި މިއަދު ވިދާޅުވީ "ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހަދައި ހުށަހެޅުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިންޖެކްޝަން ޖަހައިފައި ގަނޑުފެނުތެރެއަށް ލައިގެން ފިޝަރީޒް މިނިސްޓްރީން އިއްޔެ ދޫނިތައް މަރާލި މައްސަލަ ކުށްވެރިކޮށް ސުލްހަވެރި މުޒާހަރާއަކަށް މިއަދު ނުކުންނަން ޒުވާނުން ތަކެއް ވަނީ ނިންމައިފައެވެ. "ދޫނީގެ ކުށަކީ ކޮބާ؟ ދޫނި މެރުމާ މަވެސް ދެކޮޅު"ގެ ނަމުގައި ބާއްވާ މި މުޒާހަރާ އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗު، މަޖީދީމަގު ކަންމަތީގައެވެ.

ދޫނިތައް މަރާލުމާ ގުޅިގެން، އެކަން ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް، އަނިޔާވެރި އެ އަމަލް ކުށްވެރި ކުރައްވައި ގިނަ މެމްބަރުންތަކެއް ވާހަކަ ދެއްކެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް