Support Us

ބަނގުރާ ނައްތާލުމުގެ މަސައްކަތް ފުލުހުން ދޫނިދޫގައި ކުރިއަށް ގެންދަނީ -ފޮޓޯ: ޕޮލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 717 ފުޅި ބަނގުރަލާއި 67 ދަޅު ބިޔަރު ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 717 ފުޅި ބަނގުރަލާއި 67 ދަޅު ބިޔަރު ނައްތާލައިފިއެވެ.

ދޫނިދޫގައި އިއްޔެ ނައްތާލި މި ތަކެތީގެ ތެރޭގައި ހިމެނެނީ ތަފާތު 82 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރަލާއި ބިޔަރު ދަޅުގެ އިތުރުން ނުވަ ޕެޓް ފުޅިއާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 46 އައިޓަމް ކަމަށް ފުލުހުން ބުނެއެވެ.

އެ ތަކެއްޗަކީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށާއި އަދި އިންސިޑެންޓްތަކުން ނައްތާލާފައިވާނީ ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުމުގެ މަސައްކަތް ފުލުހުން ދޫނިދޫގައި ކުރިއަށް ގެންދަނީ -ފޮޓޯ: ޕޮލިސް

"ބަނގުރާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން، އެކަމަށް އެކުލަަވައިލި ޓީމަކުންނެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް