Support Us

ބޭޑް ބޯއީޒް ފޯ ލައިފްގެ ބޮލީވުޑް ފިލްމަށް ޝާހުރުކް ހާން

ބިލާލް ފަލާއާއި އާދިލް އަލް އާބީ ޑައިރެކްޓްކޮށްފައިވާ "ބޭޑް ބޯއީޒް ފޯ ލައިފް" ފިލްމްގެ ބޮލީވުޑް ފްރެންޗައިޒް އަށް ޝާހްރުކް ހާން ހަމަޖައްސަން ބޭނުންވާ ކަމަށް ހޮލީވުޑް ފިލްމްގެ ޑައިރެކްޓުން އެދިއްޖެ އެވެ.

ކޮމެޑީ އެކްޝަން "ބޭޑް ބޯއިޒް ފޯ ލައިފް 3″ މިއަހަރު ރިލީޒް ކުރުމާ އެކު ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު ރޯނިތް ޝެޓީ ވަނީ އެ ސީރީޒްގެ އިންޑިއަން ވާޝަންއެއް ހަދާނެ ކަމުގެ ޔަގީންކަން ހޮލީވުޑްގެ ޑައިރެކްޓަރުންނަށް ދީފަ އެވެ. އަދި އޭނާ ވަނީ ކާސްޓުން ވެސް ކަނޑައަޅާފަ އެވެ. ހޮލީވުޑްގެ ޑައިރެކްޓަރުން އޭރު ވެސް ބޭނުންވީ ބޭޑް ބޯއީޒް ފޯ ލައިފް ފިލްމަށް ޝާހުރުކް ހަމަޖެއްސުމަށެވެ. ނަމަވެސް އޭރުވެސް އޭގެ ލީޑް ދޭނެ ސްޓާރަކު ހާމަކޮށްފައެއް ނުވެ އެވެ.

ހޮލީވުޑްގެ ސުޕަހިޓް މިސީރީޒަކީ ވިލްސްމިތާއި ލޯރެންސް މާޓިންގެ އެކްޝަން ކޮމެޑީ ދައްކުވައިދޭ ސީރީޒެއް

އެ ސީރީޒްގެ ބޮލީވުޑް ވާޝަންއެއް އުފައްދުމަށް ހޮލީވުޑްގެ އެ ދެ ޑައިރެކްޓަރުން ވަރަށް ބޭނުންވެ އެވެ. އަދި އިންޑިއާ ފިލްމްތުތަކެކޭ ވެސް އެއްފަދައިން ލަވައާއި މިއުޒިކް އެފިލްމަގައި ހިމެނުމަށް އެމީހުން ވަނީ ރޯނިތް ކައިރިން އެދިފަ އެވެ.

ހޮލީވުޑްގެ ސުޕަހިޓް މިސީރީޒަކީ ވިލްސްމިތާއި ލޯރެންސް މާޓިންގެ އެކްޝަން ކޮމެޑީ ދައްކުވައިދޭ ސީރީޒެކެވެ. މި ފިލްމްގެ ހަތަރު ބައިވެސް މިހާރު ވަނީ އުފައްދާފައިވާ ކަމަށް ބޮލީވުޑް ނޫސްތަކުގައިވެ އެވެ.

ހޮލީވުޑްގައި 1995 ވަނަ އަހަރު މިފިލްމް އުފައްދާފައި ވަނީ 19 މިލިއަން ޑޮލަރުގެ ބަޖެޓެއްގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *