Support Us

ވަޤުތީ ދުނިޔޭގައި ދިމާވާ ކަންތައްތަކުން ތިބާ މާޔޫސްނުވާށެވެ.

ﷲ سبحانه وتعالى އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުން އެކި ގޮތްގޮތުން އިމްތިހާނުކުރައްވަތެވެ. މި ވަޤުތީ ދުނިޔޭގައި ތިބާއަށް ދިމާވާ ކަންތައްތަކުން ތިބާ މާޔޫސް ނުވާށެވެ. ގިނަ ގިނައިން ﷲ އަށް ٱسْتِغْفَار‎ ކުރާށެވެ. ނަމާދާއި قرآن ން ވާގި އެދޭށެވެ.

މިފަދަ ވަޤުތު ތަކުގައި ހަނދާން ކުރާށެވެ.

އެކަލާނގެ:

نُوْحٌ عليه السلام ފެންބޮޑުވުމުން اِمْتِحَان ކުރެއްވިއެވެ.

ابراهيم عليه السلام އަލިފާނުން اِمْتِحَان ކުރެއްވިއެވެ.

يعقوب‎ عليه السلام ލޮލުގެ ފެނުމުން محروم ކުރައްވާ اِمْتِحَان ކުރެއްވިއެވެ.

يوسف عليه السلام ވަކިވެދިއުމުންނާއި އެކަނިވެރިކަމުން اِمْتِحَان ކުރެއްވިއެވެ.

أيوب عليه السلام ބަލިމަޑުކަމުން اِمْتِحَان ކުރެއްވިއެވެ.

موسى عليه السلام ނުލަފާ ރަހުމްކުޑަ ވެރިއެއްގެ ކިބައިން اِمْتِحَان ކުރެއްވިއެވެ.

يُونُس عليه السلام ކެތްތެރިކަމުން اِمْتِحَان ކުރެއްވިއެވެ.

سُلِيمَان عليه السلام ރަސްކަމާއި އާރާއި ބާރުން اِمْتِحَان ކުރެއްވިއެވެ.

داوود عليه السلام ހަނގުރާމައިން اِمْتِحَان ކުރެއްވިއެވެ.

އެއީ ﷲ ލޯބިވެވޮޑިގެންވާ رسولބޭކަލުންގެ ވާހަކައެވެ. ﷲ سبحانه وتعالى އެބޭކަލުން اِمْتِحَان ކުރެއްވިގޮތެވެ. އެބޭކަލުން މާޔޫސްވެވަޑައި ނުގަނެއެވެ. ﷲއަށް ٱسْتِغْفَار‎ ކުރެއްވުމުގައި އެބޭކަލުން ފޫހިކަމެއް، ވަރުބަލިކަމެއް، މާޔޫސްކަމެއްނެތި ދެމިތިއްބެވިއެވެ. ﷲގެ حَضْرَة ން މަދަދަށް އެދިވަޑައިގަތުމުގައި ސާބިތުވެ ތިއްބެވިއެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ. ތިޔަ ބައިމިހުންނަށް ކުރިމަތިވާ އިމްތިހާން ތަކަށް ކެތްތެރިވާށެވެ. ގިނަގިނައިން ﷲ ހަނދުމަކުރާށެވެ. ٱسْتِغْفَار‎ ކުރާށެވެ. ނަމާދާއި قرآنން ވާގިއެދޭށެވެ. ﷲ އަށް دُّعَاءُ ދަންނަވާށެވެ. ﷲއީ ގިނަގިނައިން دُّعَاءُ އިޖާބަ ކުރައްވާ އެންމެ رحيم ވަންތަ رَحْمَانِ ވަންތަ إله‎ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *