ސޫރަ ފެނިފާ ފުން ސިހުރުވެރި ހިތް މަގޭ މޮޔަކޮށްފިއޭ
ރޫހުގައި ޖާދޫގެ އަލިފާން އޭގެ ހުޅު ރޯކޮށްފިއޭ
މަސްތުގައި ތިޔަ ލޯބިވެތި މޫސުން ވަނީ މޮޔަކޮށްފައޭ
ގަސް ރުކާ ވައިރޯޅި މިވަނީ ރަލުގެ ކޯވަރު ބޮއިފައޭ
ވަސްލަކުން ދުނިޔޭގެ އިސްގީ ކޫޒު ބަންޑުން ކޮށްފިއޭ
ވިންދުތައް ހިތުގާ ޖަހާ އަޑު އޭގެ މާނަ ކިޔައިދެމުން
ދިން އިޝާރާތެއް ނުސީދާ ފުން ލޮލެއްގެ ބަލާލުމުން
އިންތިހާ އަސަރުން މެޔަށް ކުރި ބޯ މުޅިން ބަރުކޮށްފިއޭ
ފެތުރިފައިވާ ކަޅު ވިލާގަނޑު ހުޅިގަނޑެއްގެ މަގާމުގައި
މެތުރިފައިވާ އޭގެ ޖާދޫ ހެކިދެމުން މިއުރާޖު ގައި
ކެތުގެ ނާރެސް ހިތުގެ އަސްލުން ލުހެ މެޔާ ވަކިކޮށްފިއޭ
ދެން ނެތޭ ބާރެއް ހިނގާ ޖަޒުބާތު ހިފަހައްޓާކަށެއް
ފެންނަ ހަސްތީއެއްގެ ދުނިޔޭން ލޯ ދުރަށް ގެންދާކަށެއް
އެންމެ ފުނުގައި ހިތުގެ ފުން ފުން ލޯބި ޚީމާ ކޮށްފިއޭ