އުދަވަމުން ރާޅެއް އަޔަސް، މަޑުވާން އަމުރު އައުމާއެކީ
ހުދު ފޮނެއް އަރުވާނުލައި، ވާނޭ ހިމޭން ރުހުމާއެކީ
ބަނަވިލާތަކަކުން ލުމުން ސާލެއް ވެހޭނޭ ހީވިޔަސް
ކަނިޖަހާ ނުމެލައި ވިލާތައް ކެހިދަނީއެ ވަޔާއެކީ
ކޯޅިތައް ގަސްތައް މުލުން ލުހެލާނެހެން ހީވާވަރަށް
ރޯޅިޖެހިފައި މަޑުވެދާނޭ، މޫސުމީ ބަދަލާއެކީ
ހޫނު ޖައްވާ އަދި ފަޒާ ވެވިދޭ، ދިރުން މަރުވާވަރަށް
ހާނުވާންޖެހިދާނެ ފިންޏަށްވެސް ބިރާ ސިހުމާއެކީ
މާތަކުން ފަރި ގުލްޝަނެއް ހެދިދާނެ ދީލަތި އަތްމަތީ
ދާތަނުން އަވިދީ ޚަރީފަށް ހުށައެޅޭ ވަގުތާއެކީ
އިރު ހަނދަށް ފުރުޞަތުދެމުން ހަމަކޮންމެ ދުވަހަކު އޮއްސުނަސް
އިރުއަރާ އައު ދުވަހަކަށް އުއްމީދުދީ ފަޚުރާއެކީ