"ކޮރަޕްޝަން ޒީރޯ ތަނެއްގައި" ކޮރަޕްޝަން ބޯޑެއްގެ ބޭނުން ނެތް
"ކޮރަޕްޝަނެކޭ" ކިޔާފަދަ ތުހުމަތެއް ވެސް އަދު މިގައުމަކު ނެތް
މިފަދަ ފަޚުރެއް މި ލިބުނީ "ގެންގުޅުއްވާ މޮޅު ސިޔާސަތަކުން"
މިފަދަ ޝަރަފެއް ލިބުނު ގައުމެއް މި"ތިންވަނަ ދުނިޔެއަކު" އަދު ނެތް
ކުރީ ސަރުކާރުގައި ކުރިހައި ކޮރަޕްޝަން ތައް ބަލައި ނިންމައި،
ފުރީ ތަނަކަށް މިތަން ހެދި، ދައުރަކަށް ސާބަސް ނުދީ ވާން ނެތް
މިގައުމަށް އަދު މިހައި ތެދުވެރި އަމާނާތްތެރި ވަޢުދު ފުއްދާ،
މިފަދަ ދައުރެއް "އަނެއް ރާއްޖެއިން" ލިބުނު އުފަލުގެ ކޮޅެއްވެސް ނެތް
ސަތޭކަ ސަތޭކަ މުސްލިމު ގައުމަކަށް މިލިބުނު އަމާން ކަމަކާ،
ނަތީޖާ ފޮނި ކަމުން "ގޮނޑި އާއި މޭޒާ" ވެސް ނުދީ ވާން ނެތް
މިގައުމުގެ ރައްޔިތުން "ބިރަކާ ނުލައި އެއްކޮށް މަޖާ ކޮށްލައި"
މިއަދު ދެން އަތްޖަހައި ނުނަށައި މިތާ ތިބެވޭ ކަށެއް ވެސް ނެތް
