Support Us

ތިބާ ނޫން ދެން ކާކުތޯ؟

* ރާގު: ސިތާރޯ އާޖުތޯ ހަމްބީ ތުމް ހާރީ..

ތިބާ ނޫން ކާކުތޯ އެ ހުރީ ޙަޔާތަށް ބޭނުމެއް ވާނީ- 2)
ހިތާ ރޫޙަށް އުފާ ދޭނޭ އެހެން ދެން ކާކު ހުންނާނީ

ޚަބަރު ކިޔައި ދީ މިހިތުގައިވާ (މިޝަކުވާ ކިޔާދެމޭ ލޯބިން- 2)
އަބަދު ޖަޒުބާތު ގައި މި ނަޒުމް، ކިޔައިދޭން ކާކު ހުންނާނީ

ޙަޔާތުގެ އެންމެ ފުރަތަމަ ވެސް (ލިޔުނު ޑައިރީގެ ޞަފުޙާ ގައި- 2)
ޙަޔާތުގެ އެންމެ ފޮނި އުއްމީ ދަކަށް ދެން ކާކު ލިޔެލާނީ

އުޑާއި ބިމާ ދެމެދު ގައިވާ (އެތައް ނަލަ ގުލްޝަނެއްގެ ތެރޭން- 2)
ފުރާ ފުރިހަމަވެ ފޮޅި ފައިވާ މަލެއް ތިއަނޫން، ނުއިން ނާނީ

ބަހާރުގެ މޫސުމެއް އައުމުން (ފޮޅޭ ހައި މާމެލީގެ ވަހުން- 2)
ޙަޔާތަށް އަންނަ ތާޒާ ދިރުމަކަށް ވެސް ކާކު، ދެން ވާނީ

އެދޭ ގޮތަކީ މިއޭ ދުނިޔެއިން (އެދޭ އަތަކީ ތިއޭ ފިރުމުން- 2)
ވެވޭ މި ޖިހާ ދަކަށް ލޯބީގެ މައި ދާނުން ތިބާ ވާނީ

"ޙިރާޔާ ސައުރު ގައި" އުޅުނަސް (ތިބާ ލޯތްބަށް ސަލާން ޖަހަމުން- 2)
ހިނގާފައި ދާންވިއަސް ތިއަނޫން، އެހެން ދެން ކާކު ހުންނާނީ

އިރާދަ ކުރައްވަވާތޯ މަރު (ވިއަސް ތިއަ މަޤްބަރާ ނަމަވެސް- 2)
އިލާހަށް އެދި ދުޢާ ކުރަމުން ދެއަތް މިއަޅާގެ އުފުލާނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *