Support Us

ކަލެއަކީ ކަލޭ ތި ހީކުރާ މީހެއް ނޫނެވެ.

ތިރީގައި އެ ވަނީ އެރިން ހޭންސަންގެ 'ނޮޓް' މި ޅެމުގެ ތަރުޖަމާއެކެވެ. އެރިން ހޭންސަންއަކީ އޮސްޓްރޭލިޔާގެ ބްރިސްބޭންއަށް އުފަން ޒުވާން ޅެންވެރިއެކެވެ. އޭނާ އުފަންވީ 1995ގައެވެ. ތިރީގައިވާ ޅެމުގެ މައިގަނޑު މައުޟޫއަކީ ތިމާ ތިމާ ބަލައިގަތުމެވެ. ބައެއް ފަހަރު، އިންސާނާއަށް ތިމާގެ ހަގީގަތް އޮޅެއެވެ. ތިމާގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން ނުފެނިދެއެވެ. ތިމާއާ މެދު، އެހެން މީހުން ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. މިޅެމުގައި ބުނެދެނީ އެފަދަ 'ބޭރުގެ ސޫރީ' ވާހަކަތައް އަޑުނާހައި ތިމާގެ އެތެރެއަށް ބަލައި ތިމާގެ ހަގީގަތް ދެނެގަނެ އެކަން ފާހަގަކޮށް އެކަމާ މެދު އުފާކުރުމަށެވެ.

ދެން، ޅެމުގެ ތަރުޖަމާ ހުށަހަޅާލަމެވެ.

***

'ކަލެއަކީ ކަލޭގެ އުމުރެއް ނޫނެވެ،

ކަލޭ ލާ ހެދުމުގެ މިނެއް ވެސް ނޫނެވެ.

ކަލޭގެ ބަރުދަނެއް ވެސް ނޫނެވެ،

އަދި ކަލޭގެ ބޮލުގެ އިސްތަށީގެ ކުލައެއް ވެސް ނޫނެވެ،

ކަލެއަކީ ކަލޭގެ ނަމެއް ވެސް ނޫނެވެ،

ނޫނީ (ހިނިތުން ވެލުމުން) ކަލޭގެ ކޮލުގައި އުފެދޭ ވަޅުކޮޅެއް ވެސް ނޫނެވެ.

ނަމަވެސް ކަލެއަކީ، ކަލޭ ކިޔާ ހުރިހާ ފޮތެކެވެ.

ކަލޭ ވާހަކަ ދައްކަން ބޭނުން ކުރާ ހުރިހާ ބަސްތަކެވެ.

ހެނދުނު ތެދުވެ، ކަލޭ ވާހަކަދައްކާލާ ކުރަކި އަޑެވެ.

އަދި، ފޮރުވަން ކަލޭ އުޅޭ ކަލޭގެ ހިނިތުންވުންތަކެވެ.

އަދި، ކަލޭގެ ހުނުމުގައިވާ މީރު ފޮނިކަމެވެ.

އަދި ކަލޭގެ ލޮލުން ފޭބި ކޮންމެ ކަރުނަ ފޮދެކެވެ.

އަދި، ކަލޭ އަޑު ހަރުކޮށް ބާރަށް ކިޔާ ކަލޭގެ ލަވަތަކެވެ.

ކަލޭ މުޅިން އެކަނިވެއްޖެކަން ކަލެއަށް އެނގުމުން،

ކަލެއަކީ ކަލޭ ދިޔަ އެކިއެކި ތަންތަނެވެ.

އަދި، އެތަނަކަށް ކަލޭގެ އަމިއްލަ ގެއޭ ކިޔާ ތަނެވެ.

ކަލެއަކީ ކަލޭ ގަބޫލުކުރާ ގަބޫލުކުރުންތަކެވެ.

ކަލެއަކީ އެމީހުން ދެކެ ކަލޭ ލޯބިވާ މީހުންނެވެ.

ކަލެއަކީ ކަލޭގެ ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކެވެ.

ކަލެއަކީ އެ މުސްތަގުބަލެއްގެ ހުވަފެން ދެކޭ ހުވަފެނެވެ.

ކަލޭ އުފެދިފައިވަނީ ކަލޭގެ ކިބައިގައި އެތައް އެތައް ރީތި ކަމެއް އެކުލެވިގެންނެވެ.

ނަމަވެސް، (މިކަން) ކަލޭ ހަނދާން ނައްތާލާފައިވާ ހެން ހީވާ ކަހަލައެވެ.

ކަލެއަކީ ކާކުކަން ކަނޑައަޅާލުން ބަލައިގަންނަން ކަލޭ ނިންމާފައި ވުމުންނެވެ

އޭގެ މައްޗަށް ކަލޭ ބިނާ ނުވާ ހުރިހާ ކަމެވެ!'

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *