ކޮލުގެ ހިނިތުންވުމުގެ ބާނީން ހިތާ ކުޅެލައިފިކަން ގައިމޭ
ލޮލުން ތިޔަ ދިން އިޝާރަތަކީ ރުހުން ކަމުގައި ޔަގީންކުރަމޭ
މަގޭ ތުނި ހިތް ލޮލުގެ ތިޔަ މަސްތުގައި ދޫވީ ނުދެނެހުއްޓާ
އެނގޭހޭ ހިތުތެރޭ ތި ނިޝާން ފަވާތަން ހުވަފެނުން ދެކެމޭ
ތި ނޫން ލޯތްބެއްގެ އަސަރެއްނެތް މި ހިތުގައި ހޭކިފައި ދެ ފުށަކު
ތި ނޫން އުފަލެއް ނުވޭ ވިންދުން ބުނާތީ ކަންފަތުން އަހަމޭ
ހަނދާންތައް ބަނދެވުމުން ހަށިގަނޑު ގުޑާނުލެވޭ ކަމުން އެ ހިނދަށް
އަދާތައް ހިޔަނިހެން ހަފަރާތުގައި ވާތަން ބަލަން ހުރެމޭ
ހިމޭން ދަންވަރުތަކާ ރޭތައް ފުރާލަން އުނގުތެރޭ އޮވެގެން
ތި މޫނުގެ ހަނދުވަރުން އޮހޮރޭ މުތީގެ ޣިޒާ ލިބުން އެދެމޭ
ވެވޭ ލޯތްބަށް ޓަކައި ކެތްތެރިކަމުގެ ފަރުދާ ކަހާލެވުމުން
ދެވޭ ހަދިޔާއަކީ ލައްޒަތުގެ ފޮނިފޮނި ކޯރަކަށް ގެނބުމޭ
ސަލާމަތުގައި ހަޤީޤީ މަންޒިލުން ދެކެލާ މަނާޒިރުތައް
ބިލާހަށް ނުވެ ދިއުން އީމާނުގައިވާތީ ދެ އަތް ނަގަމޭ
