Support Us

ވާށޭ ކަލާ ޙަވާލު

ނޯޓު: "ކާލު" މި ލަފްޒުގެ މާނައަކީ އެއްޗެއްގެ ހަތަރުބައި ކުޅަ އެއްބައެވެ.
އެހެން ކަމުން ހިތުގެ ހަތަރު ކާލު ދެވުނީމަ އެ ދެވެނީ މުޅި ހިތެވެ.

ނެއްޓިއްޖެ ހިތުގެ ވިންދާ، ހަމަޔާއި އޭގެ ފާލު
ހެއްލުން ވެވޭނެހާ ފަރި ފޮޅުމުން މަލެއް ވި ޗާލު

ހުރިހާ ލޮލެއް ފަތަޙަ ކުރި މޫނުން ވިދާ އަލިން
ފުރިހަމަ ހަނދެއްގެ ޖެހެޔޭ ދެގޮތެއް ނުވާ މިސާލު

ހީލުމުގެ މަސްތު ފެނިފައި އާޝޯޚު ވީ ވަރުން
ދީލައިލުމަށް އެދޭ ހިތް ނެތަކަސް އަޅާގެ މާލު

ނިތްކުރި، އެ ރީތި ބުމަޔާ، އެސްފިޔަތަކާއި، ލޯ
ހިތް ކަތިލުމަށް "ބިބީ" ހެން އުޅެޔޭ ރަނގައިގެ ލާލު

ތުންފަތުގެ ސިޙުރު ޖެހިގެން ކިޔަމަން ވެގެން ފިކުރު
ފުންފުން ޚިޔާލު ކުރެވޭ ނުނިދާ ރެއާ ދުވާލު

ބިންވަޅު ކަނޑާ ނަގައިގެން ލިޔެވުނު އެ ނަން އެއީ
ވިންދުގެ އަޑުން ޖަހާ ހިނދު ތަކުރާރުވާނެ ތާލު

ގެންދާށެ އައިސް ނަގައިގެން ރުހިގެން އަޅާ ވަނީ!
ޗެންބަރު ތަކާއި މިހިތުގެ ދީފީމެ ހަތަރު ކާލު

"އެ ނަސީބު ފަހެ ލިބޭނީ ކާކަށްހެ ދުނިޔެއިން؟"
އެކަނިން މިހެން މަ އޮވެގެން ކުރެވޭ މިއީ ސުވާލު

ތުރުތުރު އަޅާނެ ފެނުނަސް ދުރުގައިމެ ހުއްޓަކަސް!
ކުރުކޮށް ބަޔާން ކުރާމީ ނިކަމެތި އަޅާގެ ޙާލު!

ތާހިރު ހިތެއްގެ ޢުމުގުން އޮހޮރުނު މި ބަސްތަކުން
ޝާހިލް ގަތާލި މިޅެމަށް ވާށޭ ކަލާ ޙަވާލު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *